ވޯލްޑް ބޭންކުން ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރަކަށް ޑޭވިޑް ސިސްލެން

ރާއްޖެ ހިމެނޭ ސަރަޙައްދުގެ ވޯލްޑް ބޭންކު ކަންޓްރީ ޑިރެކްޓަރަކަށް ސިސްލެން

ވޯލްޑް ބޭންކުން ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރަކަށް ޑޭވިޑް ސިސްލެން އައްޔަންކޮށްފިއެވެ.

އޭނާ މި މަގާމަށް ހަމަޖައްސާފައިވާއިރު، މީގެކުރިން އެ މަޤާމުގައި ހުންނެވީ ފާރިސް ހަދާދު-ޒެރްވޯސްއެވެ.

ރާއްޖެއަށް އައު ކަންޓްރީ ޑިރެކްޓަރެއް އައްޔަންކޮށްފައިވާކަން ހާމަކޮށް، ވޯލްޑް ބޭންކުން ބުނީ ޑޭވިޑް ސިސްލެން ރަސްމީކޮށް މަޤާމާއި ހަވާލުވާނީ ޖުލައިމަހުން ފެށިގެންކަމަށެވެ.

ސިސްލެން ވިދާޅުވީ، ރާއްޖެ، ނޭޕާލް އަދި ސްރީލަންކާގެ ކަންޓްރީ ޑިރެކްޓަރގެ ހައިސިއްޔަތުން މި ޤައުމުތަކުގެ ސަރުކާރުތަކާއި، ތަރައްޤީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެނޫންވެސް ކަމާއި ގުޅުންހުރި އިތުރު ފަރާތްތަކާއެކު މަސައްކަތްކޮށް، އަވަސް ހަރުދަނާ ކުރިއެރުންތަކެއް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އޭނާ އަކީ އެމެރިކާ އަދި އިޓަލީގެ ރަށްވެހިކަން އޮންނަ ރައްޔިތެކެވެ. އޭނާ ސިސްލެން ވޯލްޑް ބޭންކާއި ގުޅުނީ 2001 ވަނަ އަހަރުއެވެ. އޭނާވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތްކޮށްފައެވެ.

އެންމެފަހުން އޭނާ މަސައްކަތްކޮށްފައިވަނީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގެ ޕްރެކްޓަކްސް މެނޭޖަރަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު