ކަމަދޫ ޢީދު ޙަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ކަމަދޫ އީދު 1445 ފޭސްބުކް ޕޭޖް

ކަމަދޫ ކަނބަލުންނާ ނުފޮށުމަށް އާޒިމާގެ އިލްތިމާސެއް!

ބ. ކަމަދޫގައި ބޮޑު އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެކި ކުޅިވަރުތަކާއި ނެެށުންތަކުން ފެނިގެން ދިޔަ އަންހެން ކުދިންނާ މެދު މީސްމީޑިއާގައި ފޮށެމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ނުރުހުން ފާޅުކުރައްވައިފިއެވެ.

އީދު ހަރަކާތްތަކުގައި ބައިވެރިވި ކަމަދޫގެ އަންހެން ކުދިންނަށް ނިސްބަތްކޮށް، ބައެއް މީޑިއާ ތަކުގައި "ކަމަދޫގެ ފަތްމިނި ކުދިން" ކަމަށް ސިފަކޮށްފައިވާއިރު، އަދި އާންމުގެ ފަރާތުން ވެސް އެކުދިންނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ޚިޔާލު ފާޅުކުރަމުންދާއިރު، އެފަަދަ ގިނަ ވާހަކަތަކަކީ "ފޮށުން" ކަމަށް ވިދާޅުވެ އާޒިމާ ނުރުހުން ފާޅުކުރެއްވީ އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކަމަދޫ ޢީދު ޙަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ކަމަދޫ އީދު 1445 ފޭސްބުކް ޕޭޖް

އާޒިމާގެ ޕޯސްޓުގައި ސުވާލުކުރެއްވީ، ރަށުގެ ކުދި ބޮޑު، އަންހެން، ފިރިހެން، އެންމެން އެކުގައި ކުރި ކަމެއްގައި ބައިވެރިވުން ފިޔަވައި އެ ކުދިން ކުރީ ކޮން ކަމެއްތޯއެވެ. އަދި ކަމަދޫ އަންހެން ކުދިން ހުނި ހަޖާ ލައިގެން، ފޮޓޯ ޝެއާކޮށްފައި އެކި ފާޑުގެ ސްޓޭޓަސް ޖަހާއިރު އެ ކުދިންގެ "މައްސަލަ" އަކަށް ވީ ރީތިވުން ކަމަށް ވެސް ވިދާޅުވިއެވެ.

"އެ ކުދިން ހުނި ހަޖާ ލައިގެން، ފޮޓޯ ޝެއާ ކޮށްފައި އެކި ފާޑުގެ ސްޓޭޓަސް ޖަހާއިރު އެ ކުދިން ކުރި ކަމަކީ ރީތިވުމެވެ. އަންހެނުންނަށް ވުމެވެ. މީ ފޮށުން ނޫން ކޮން ކަމެއް ހެއްޔެވެ؟ އޮބްޖެކްޓިފައި ކުރުން ނޫން ކޮން ކަމެއް ހެއްޔެވެ؟" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ވަރަށް ހަރުދަނާ ކަމަށް ހީކުރި ބައެއް މީހުންގެ ކިބައިން ވެސް އެފަދަ ސްޓޭޓަސްތައް ފެންނަމުންދާ ކަމަށެވެ.

އާޒިމާ ސޯޝލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގެ ސްކްރީން ޝޮޓެއް

"ރީތިވީމަ، ނޫނީ ނަށަން ނިކުތީމަ ފޮށެވެނީއޭ ބުނާށެވެ. ރޭޕް ކުރަނީ ރޭގަނޑު ބޭރަށް ދާތީއޭ ވެސް ބުނަނީތާއެވެ. އީދު ކުޅިވަރުގައި އެތައް ފިރިހެނުންނެއް ބައިވެރިވެއެވެ. އެކަމަކު އެ މީހުންނަކާ މި ބީދައިން ނޮފެށެ އެވެ." އާޒިމާ ފޭސްބުކުގައި ލިޔުއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދިވެހީން ބޭނުންވަނީ ސިންގަޕޫރާއި ޖަޕާނާ އެއް ފެންވަރަށް ރާއްޖެ ތަރައްގީ ކުރަން ކަމަށާއި އަތުގައި އޮންނަނީ ވެސް އެންމެ ފަހުގެ ފޯނުތައް ކަމަށެވެ. އެހެންނަމަވެސް، އަދިވެސް މީހުންގެ ވިސްނުން ތަރައްގީ ނުވާކަން ފާހަގަކުރެއްވިއެވެ.

"އެކަމަކު ސިކުނޑީގައި ތަހުޒީބު ކަމެއް، ވިސްނުމެއް އަހުލާގެއް ނެތެވެ. މިއީ އަޅުގަނޑަށް ފެނުނު ތަނެވެ." އާޒިމާ ޕޯސްޓް ނިންމާލަމުން ވިދާޅުވިއެވެ.

މިފަހަރުގެ އަޟުހާ އީދު ތެރޭގައި މީސްމީޑިއާގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ކަމަދޫ "ފަތްމިނިންގެ" ވާހަކައެވެ. އެރަށުގެ އީދު ހަރަކާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ޝެއާކޮށް އެތައް ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ. އެގޮތުން ކަމަދޫގެ ރީތި ކުދިން ހޯދަން އެ ރަށަށް ދާންވީ ކަމަށް ބުނެ އެކަން ބޮޑު މަޖާގަނޑަކަށް ވަނީ ހަދައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އަބަދުވެސް ކޮންމެސް އެއްޗެކޭކިޔާފަ މީހުނާފޮށިގަންނާނެ ގޮތެއް ފެނޭތޯއާޒިމާ ބަލާނެ. އެކުދިންނަށް މީހުންތައުރީފުކުރާއަޑު އެހެންމީހުނަށް އިވެނީ.

    1. އާޒިމާ ރީއްޗޭ ބުނެވޭނީ ރީތިނަމައެއް ނޫންހެއްޔެވެ؟ އެކުދިން ކުރިހާވެސް ކަމަކީ އުފަންރަށް ޕުރޮމޯޓުކުރުމެވެ. ޢެކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ތައުރީފުކުރުމަކީ ފޮށުން ހެއްޔެވެ؟ ސިޔާސީ ބޭނުމަށް އަންހެން ކާޑުކުޅެ ތާއީދު ހޯދަން މަސައްކަތްކުރާނީ އެކަމުގެ މަހަލްގައެވެ. މިއީ އީދު ފޮށުން ކަމަށް ވިއްޔާ ސިޔާސީގޮތުން ތިފޮށޮވެނީ ފިރިހެނުންނާއެވެ.

      4
      2

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު