އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާ މޫސުން ގޯސްވާނެ: މެޓް

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާ މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު މޫސުމާ ބެހޭ އިދާރާއިން ވަނީ މިރޭ 7:30އާ ހަމައަށް ހއ.އަތޮޅުން ފެށިގެން ބ.އަތޮޅު ހިމެނޭ ސަރަހައްދަށް ހުދު ސަމާލުވެސް ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ ހުދު ސަމާލު ނެެރެފައިވާ ސަރަައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

މެޓް އޮފީހުން ވިދާޅުވީ މިއަދާއި މާދަމާ އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރެއަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އަދި ދެކުނު އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލުގެ ބާރުމިނުގައިކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.

މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ އުތުރާއި މެދުރާއްޖެ ތެރޭގެ ހިސާބުތަކަށް 7-3 ފޫޓާ ދެމެދުގައި ކަމަށާއި އަދި ދެކުނުގެ ހިސާބުތަކަށް ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓާއި ދެމެދުގައިކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ.

މިދުވަސްވަރަކީ ޢީދު ޗުއްޓީއަށް ދިޔަ މީހުން އަނބުރާ އައުމަށް ދަތުރުތައް ފަށާފައިވާ ދުވަސްވަރެއްކަމުން ކަނޑުދަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ