އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝިއުރީ

އިންޑިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު މާކެޓެއް: ޝިއުރީ

އިންޑިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު މާކެޓެއްކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ.

އިންޑިއާގައި މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް، ހަމަޖެހިފައިވާ "އެކްސްޕްލޯ މޯލްޑިވްސް" ރޯޑް ޝޯވްއާ ގުޅިގެން، އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، އިންޑީއާ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓެއްކަމަށާއި މިހަރަކާތުގެ ތެރެއިން އިންޑިއާގެ ޓްރެވެލް މާކެޓާއި ރާއްޖެއާއި އޮތް ގުޅުން ވަރުގަދަކުރެވޭނެ ކަމަށެވެ. އަދި މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްވެރިންނާއި އިންޑިއާގެ ސިނާޢަތުގެ އިސްފަރާތްތައް އެއްތަނަކުން ބަދަލުވުމަށް މުހިންމު ޕްލެޓްފޯމެއްކަމަށް ޝިއުރީ ވިދާޅުވިއެވެ.

"އެކްސްޕްލޯ މޯލްޑިވްސް"އަކީ އެމްއެމްޕީއާރްސީއާއި މަންޓާ އެއަރ އާ ގުޅިގެން ކުރިއަށް ގެންދާ ރޯޑް ޝޯވްއެކެވެ.

ބެންގަލޫރުގެ ޝަންގްރިލާ ހޮޓަލުގައި ބާއްވާ މި ރޯޑް ޝޯގެ މަޤްސަދަކީ، އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި އިންޑިއާގެ ޓްރެވެލް އިންޑަސްޓްރީގެ ލީޑަރުންނާއި ގުޅުން ބަދަހި ކުރުންކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

"އިންޑިއާއަކީ ކުރިއަރަމުން އަންނަ އައުޓް-ބައުންޑް ޓްރެވެލް މާކެޓަކަށް ވާއިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް. ރާއްޖޭގެ ފަތުރުވެރިކަމު ދައިރާގެ އިސް ފަރާތްތަކަށް މި ހަރަކާތުގެ ތެރެއިން ރާއްޖެ އިސްތިހާރުކުރުމުގެ ފުރުސަތު ލިބި، ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ މުއްސަނދިކަން ދައްކުވައި އިންޑިއާ މާކެޓާއި ގުޅުން ބަދަހިކުރެވޭނެ" ޝިއުރީ ވިދާޅުވިއެވެ.

މި ރޯޑް ޝޯވގައި 150 އަށްވުރެ ގިނަ ޓްރެވެލް އޭޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން މިދާއިރާގެ މަންދޫބުންނާއި އަދި މީޑިއާތައް ބައިވެރިވާނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އެގޮތުން މި ރޯޑް ޝޯގެ ބައިވެރިންނަށް ރާއްޖޭގެ ސިނާޢަތުގެ އިސް ފަރާތްތަކާއި ބައްދަލުކޮށް ގުޅުން ބަދަހިކުރުމާއި، ރާއްޖެއިން އެފަރާތްތަކަށް ލިބެންހުރި ޚިދުމަތްތައް ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.

އިންޑިއާގެ މާކެޓަށް ހާއްސަކޮށްގެން ބާއްވާ ރޯޑް ޝޯގައި، ރާއްޖޭގެ މަޝްހޫރު ރިސޯޓު ޗެއިންތަކާއި ގެސްޓު ހައުސްތަކުން ބައިވެރިވެއެވެ.

އިންޑިއާގެ މާކެޓަކީ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެއް މާކެޓެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ދޮންކަލޯ ހޯހޯ އިންޑިޔާގެ ވާހަކަނުދައްކާ މިސަރުކާރުގެ ވެރިންނަކައް ކަމަކުނުދެޔޯ އެކަމަކު ޑެންޓަލްމޭ ބުނަނީ އިންޑިޔާ އޯކޭޔޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު