ރާއްޖެއިން ޙައްޖުގެ އަޅުމަކަށް މައްކާއަށް ވަޑައިގެންނެވި ދިވެހި ހައްޖުވެރިންގެ ހާލު އާންމުގޮތެއްގައި ރަނގަޅު ކަމަށާއި ހައްޖުވެރިން ފުރުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު އިއްޔެ ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު ރާއްޖެ ވަޑައިގަންނަވައިފިއެވެ.
The Minister of Islamic Affairs, Dr. Mohamed Shaheem Ali Saeed, has arrived after performing Hajj. pic.twitter.com/lwE9yUjgh3
— Ministry of Islamic Affairs (@MVIaffairs) June 21, 2024
އެ ވުޒާރާއިން ވަނީ ޙައްޖުވެރިން ރާއްޖެ އައުމަށް ފުރަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހާމަކުރައްވާފައެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި އަހަރު ރާއްޖެއިން ހައްޖަށް ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު މިހާރު ފުރުމަށް ތައްޔާރުވެފައިވާ ކަަމަށެވެ.
ޙައްޖުވެރިން ރާއްޖެެއަށް ފުރުމަށް ހަމަޖެހިފައިވަނީ:
- 24 ޖޫން
- 28 ޖޫން
- 01 ޖުލައި
- 04 ޖުލައި
އެ ވުޒާރާއިން ވިދާޅުވި ގޮތުގައި ދިވެހި ހައްޖުވެރިންގެ ތެރެއިން މިހާތަނަށް ނިޔާވީ އެއް ހައްޖުވެރިއެކެވެ. މިވަގުތު ހޮސްޕިޓަލުގައި އެއް ޙައްޖުވެރިއަކު އޮތްއިރު އާންމުގޮތެއްގައި ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޢަލީ ސައީދާއި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަކީލް ވިދާޅުވެފައިވަނީ މިއަހަރުގެ ޙައްޖު އަޅުކަމުގެ އިންތިޒާމުތަކާ ދޭތެރޭ ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށާއި، އަދި އިޞްލާޙް ކުރަން ހުރި ބައެއް ކަންކަން ހުރުމުން އެކަންކަން އިޞްލާޙް ކުރައްވާނެ ކަމުގައެވެ.