ސަރުކާރު ކޯލިޝަންގެ މައި ޕާޓީކަމަށްވާ ޕީއެންސީއާ ގިނަ ބަޔަކު ޕީއެންސީއާ އަލަށް ގުޅިއްޖެއެވެ.
ޕީއެންސީގެ މައި ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވަރަށް ގިނަ މީހުން ވަނީ ޕީއެންސީއާ ގުޅުމަށް މެންބަޝިޕް ފޯމު ފުރާ ރައީސް މުއިއްޒުއާ ހަވާލުކޮށްފައެވެ.
ރޭ ޕީއެންސީއާ އަލަށް ގުޅުނު މެންބަރުންގެ ތެރޭގައި ތައުލީމީ ދާއިރާގައި ގިނަ ގުނަ ހިދުމަތްތަކެއް ކުރެއްވި ނިޝާން ދިޔަމިގިލީ އިއްޔަތުގެ ޝަރަފްގެ ވެރިޔާ އައްނަބީލާ ހަބީބާ ހުސެއިން ހަބީބްގެ ދޮށީ އަންހެން ދަރިކަނބަލުން ޝަފިއްޔާ ޒުބޭރާއި 18 ވަނަ މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ނާޒިމާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި 18 އަހަރު ހިދުމަތް ކުރައްވަމުން ގެއްދަވާ އުމާރު ޒާހިރު ހިމެނި ވަޑައިގަންނަވައެވެ.
އަދި ކަސްރަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުހައްމަދު ހާނިމްވެސް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. އަދި ހުޅުދޫ ދާއިރާއާއި ހުޅުމާލެ ދާއިރާއިން ޕީއެންސީއާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައްވެސް މި ޖަލްސާގައި ރައީސް މުއިއްޒުއާ ވަނީ ހަވާލުކޮށްފަ އެވެ.
ޕީއެންސީ ހަރުގޭގެ ގޮތުގައި ރޭ ބޭނުންކުރަން ފެށީ ޢިމާރާތަކީ މީގެ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި ހ. ވެޔޮވިލާ އެވެ. ޝަފިއްޔާ ޒުބޭރުގެ ޢިމާރާތެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފެއްދި ސިޔާސީ ހަރަކާތުގެ ވެސް ބޮޑެތި ޖަލްސާތައް އެ ތަނުގައި ބޭއްވިއެވެ.