ށ. މިލަންދޫ ގޮނދުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު

ށ. މިލަންދޫ ގޮނދުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް، ބޮޑު ހިލައިގެ 7 ވަނަ ޝިޕްމަންޓް ގެންގޮސްފި

ށ. މިލަންދޫ ގޮނދުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ހިލައިގެ 7 ވަނަ ޝިޕްމަންޓް، ޕްރޮޖެކްޓް ސައިޓްއަށް ގެންގޮސްފިއެވެ.

އެމްޓީސީސީ އިން ވިދާޅުވި ގޮތުގައި، ށ. މިލަންދޫ ގޮނދުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ހިލައިގެ 7 ވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓްއަށް ގެންދެވިފައެވެ. އަދި، ރިވެޓްމަންޓް މަސައްކަތުގެ %55 މަސައްކަތް ނިމިފައިވާއިރު، ގްރޮއިންސް މަސައްކަތުގެ %65 ވަނީ ނިމިފައެވެ.

މީގެ އިތުރުން، މުޅި މަޝްރޫޢުގެ %58 މަސައްކަތް ވަނީ މިހާތަނަށް ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 954 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މިއީ 34.6 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވެސް އެމްޓީސީސީ އިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު