30 އެޕްރީލް 2025

7 އަހަރަށްވުރެ ދިގު އިންތިޒާރަށް ނިމުން ގެނެސް، ދިވެހި ސީމަނުންނަށް ސިޑް ދޫކުރަން ފަށައިފި

"ސީފެއަރަރސް އައިޑެންޓީޓީ ޑޮކިއުމެންޓް" (ސިޑް)، ގެ އިންތިޒާރުގައި ތިބި އެތައް ދިވެހި ސީމަނުންގެ 7 އަހަރަށްވުރެ ދިގު އިންތިޒާރަށް ނިމުން ގެނެސް، މިއަދުން ފެށިގެން ސިޑް ދޫކުރަން ފެށިކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން އިޢުލާންކުރައްވައިފިއެވެ.

2024 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ސީމަނުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ސީމަނުންނަން އަރިސްކުރައްވަމުން އެކްސްގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައި.އެލް.އޯ ގެ ކޮންވެންޝަންގައި ބަޔާންކުރާ މިންގަނޑަށް ފެތޭ، "ސީފެއަރަރސް އައިޑެންޓީޓީ ޑޮކިއުމެންޓް" (ސިޑް)، ގެ އިންތިޒާރުގައި ތިބި އެތައް ދިވެހި ސީމަނުންގެ 7 އަހަރަށްވުރެ ދިގު އިންތިޒާރަށް ނިމުން ގެނެސް، މިއަދުން ފެށިގެން ސިޑް ދޫކުރަން ފެށިކަން ފާހަގަކުރައްވާ ކަމުގައެވެ.

"މިއީ އަޅުގަނޑުމެންގެ ސީފެއަރަރސްގެ ޚިދުމަތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަމިއްޔަތު ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް. ވުމާއެކު، އެމަނިކުފާނަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ވަޒީރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރުގެ ޓްވީޓް ބައްލަވާލެއްވުމަށް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު