އެންޑީއޭގެ ބޯޑު އަލުން އެކުލަވާލައްވައިފި

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑު އަލުން އެކުލަވާލައްވައިފިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ނަމްބަރު 17/2011ގެ 29ވަނަ މާއްދާގައި ބަޔާންކުރާ "ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑު" ރައީސުލްޖުމްހޫރިޔާ އަލުން ވަނީ އެކުލަވާލައްވާފައެވެ.

އެންޑީއޭގެ އައު ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން އެވެ.

މި ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަތީ ފޮރ ޕަބްލިކް ޕޮލިސީ ޝިބާނާ ޢަބްދުﷲ ދީދީ، ހެލްތު މިނިޓްރީގެ ނައިބު އަލްއުސްތާޛު އިސްމާޢީލް ޒާހިރު، ޔޫތު މިނިސްޓްރީގެ ނައިބު އަލްއުސްތާޛު އިސްމާޢީލް ރަޝީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޢައްޒާ، އެމްއެންޑީއެފްގެ ލެފްޓެނަންޓް ކާނަލް ޑޮކްޓަރ އާމިނަތު ޝުމްރާ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު، ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަލްއުސްތާޛު އަޙްމަދު ސިމާޙް، ޗާފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ ސީނީޒު ޢަލީ އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ "ޖަރނީ ޖަމްޢިއްޔާ"ގެ ފަރާތުން އަޙްމަދު ޢަބްދުއްސައްތާރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު