މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، އަޙްމަދު މުންތަޤިމް އިންތިޚާބުކޮށްފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަޤމަށް މުންތަގިމް އައްޔަން ކޮށްފައިވަނީ ރޭ ބޭއްވި އޮލިމްޕިކް ކޮމިޓީގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް އެސެމްބްލީގައެވެ.
Maldives Olympic Committee Elects Ahmed Munthaqim as New Vice President in Extraordinary General Assembly pic.twitter.com/kKQdeybXj7
— Maldives Olympic Committee (@olympicmv) June 25, 2024
ހުސްވެފައިވާ އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސްގެ އިންތިޚާބު ރޭ ކުރިއަށް ގެންގޮސްފައިވާއިރު ކުރިމަތި ލާފައިވަނީވެސް މުންތަޤިމް އެކަންޏެވެ.
އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސްގެ މަގާމުގައި މީގެ ކުރިން ހުންނެވީ މިހާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލްއެވެ. މި މަގާމު ހުސްވެފައިވަނީ ތޮލާލް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް އައްޔަން ކުރުމުންނެވެ.
ގުޅުންހުރި:
އޭޝިއާގެ އެތުލެޓިކްސްގެ “ލީޑަޝިޕް ޕިން” މުންތަޤިމަށް ދެއްވައިފި