މަޑަގަސްކަރގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ރަފާރަވަވިތަފިކާ ރަސަތާއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރގެ މެސެޖުގައި، މަޑަގަސްކާގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަޑަގަސްކާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރގެ މެސެޖުގައި ވިދާޅުވިއެވެ.
މިއަހަރުގެ މިނިވަން ދުވަހަކީ މަޑަގަސްކާގެ 64 ވަނަ މިނިވަން ދުވަހެވެ.