ޑިންގީއެއްގައި ރާއްޖޭގެ ފަޅުރަށަކަށް ލެއްގި ސޯމާލިއާގެ ތިން މީހުން މޯލްޑިވްސް އިމިގްރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
ފަޅުރަށެއް ކަމަށްވާ ނ. ވަވަތި އަށް ސޯމާލިއާގެ ތިން ފިރިހެނުންނާ އެކު، ޑިންގީއެއް ލެއްގީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ވަވަތިން ފެނުނީ ޙާލުގައިޖެހި ބެހިންގެން ލެއްގި ބައެއް: ފުލުހުން
"ސޯމާލިއާ ތިން މީހުން މިއަދު ވަނީ ހުޅުމާލެ އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައި،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބައިތިއްބާ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ހުންނަނީ ހުޅުމާލެ 2 ގައެވެ.
އެ މީހުން މިހާތަނަށް ތިބީ ފުލުހުން ހަމަޖައްސައިދިން ވަގުތީ ހިޔާވައްސެއްގައި ނ. ހޮޅުދޫގައެވެ.