ފުލުހުންގެ މައި އިދާރާ، ފޮޓޯ: ފިޔަ

ޖަލަށް މަނާ ތަކެތި ވައްދާ ނެޓްވޯކުގެ 13 އޮފިސަރަކު ހައްޔަރުކޮށްފި

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެހީތެރިވާ ނެޓްވޯކުގައި ހިމެނޭ މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ، މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ބޮޑު އޮޕަރޭޝަނެއް އިއްޔެ ވަނީ ފަށައިފައެވެ.

އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، އެ ކުށް ކުރުމުގައި 18 ޖަލު އޮފިސަރުން ބައިވެރިވި ކަމަށާއި، އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

ކަރެލްޝަންސް އާ ގުޅޭ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ ތަނުގައި 13 މުވައްޒަފުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ނުވަ އޮފިސަރަކު ހައްޔަރުކޮށްފައިވަނީ މާފުށިންނެވެ. ދެ މީހަކު ކާށިދޫއިން އަދި އުތީމުންނާއި މާލެއިން ވެސް އެކަކު ވަނީ ހައްޔަރުކޮށްފައެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން ފުލުހުންގެ އިންޓެލިޖެންސުން އެއްކުރި މައުލޫމާތުގެ އަލީގައި، މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގާއި ފޯނު ފޯރުކޮށްދިނުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި މި މައްސަލާގައި ހިމެނޭ 18 މުވައްޒަފުންގެ އެކައުންޓަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރި އެކައުންޓުތަކުގެ ވެރިފަރާތްތައް ހޯދައި އެމީހުންނާ މެދުގައި ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު