ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ، ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.
މި ބިލުގެ ބޭނުމެއްކަމަށް ބުނެފައި ވަނީ މިހާރު އަމަލު ކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރެވޭނެ ފިކްސަކް ހަމަތަކާއި ގުޅޭ އާ ނިޒާމެއް ތައާރަފުކޮށް ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ އެ ޑިސިޕްލިން ހާސިލު ކުރެވޭނެ ގޮތަކަށް ދެމެހެއްޓެނިވި ދެ ފުށްފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރު ކުރުމުގެ ގޮތުން ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލު ބަޔާން ކުރުމެވެ.
ފިކްސަލް ޕޮލިސީގެ ހަމަތައް ބަޔާންކޮށް ބިލުގައި ވަނީ ދައުލަތުގެ ފިކްސަލް ޕޮލިސީ ކަނޑައަޅަން ވާނީ ދައުލަތުގެ މާލިއްޔާއިން ކުރެވޭ އެންމެހައި ހޭދައެއް ހިމަނައިގެން އެ ގާނޫނަކަށްވާ ހާލަތެއްގައި ބަޔާން ކުރާ ގޮތުގެ މަތީންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓުގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމާއި، މެދުރާސްތާއެއްގައި ހިފެހެއްޓުމާއި، މެދުރާސްތާއެއްގައި އޯވަރޯލް ފިކްސަލް ބެލެންސް ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުން އަދި މެދުރާސްތާގައި އޯވަރޯލް ފިސްކަލް ބެލެންސް ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓެވި މިންގަނޑެއްގައި ހިފެހެއްޓުނެވެ. އަދި ފިސްކަލް ހިރާސްތައް ކުޑަވާނެ ގޮތެއްގައި މެނޭޖު ކުރުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ދައުލަތުގެ ރިކަރަންޓު ހަރަދު އިތުރުވާ މިންވަރު ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރަށް ވުރެ ދަށުގައި ބެހެއްޓުމާއި، ދައުލަތުން ކުރާ ހަރަދާއި ހަރަދުތަކުން ހާސިލު ކުރެވޭ ނަތީޖާއާއި ބައްދަލުވުން ވެސް ބިލުގައި ހިމެނެއެވެ.
ބިލުގައި ދެން އިތުރަށް ބަޔާންކުރާ ބައިތަކަކީ، މަރުކަޒީ ބޭންކުން އެޑްވާންސް ފައިސާ ނެގުމުގެ ހަމަތަކެވެ. އެގޮތުން ބިލުގައި ވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާ ގޮތަށް އެޑްވާންސެއްގެ ގޮތުންނެވެ. އެގޮތުން އެ ފައިސާ ނެގޭނީ، މިދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖު އާމްދަނީގެ 2.5 އިންސައްތަ އިތުރުވާނެ ގޮތެއްގެ މަތީންކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ދަރަންޏަށް ނަގާ ފައިސާ އަނބުރާ ދައްކަން ވާނީ ބިލުގައި ބުނާ ގޮތުގައި އެ އިރެއްގައި މާކެޓް އިންޓްރެސްޓު ރިއާޔަތްކޮށް އެއަށެވެ.
މި ބިލު މަޖިލީހަށް ހުށަހެޅިއިރު، ދަރަނި މެނޭޖު ކުރުމުގެ ބިލުގެ މަސައްކަތް ވެސް ތަޅުމުގައި ވަނީ ފަށާފައެވެ.