ޔޫތު ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބަށް!

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ޓީސީ އިން އުފުލާލައިފިއެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ސަސް އާއި ވާދަކޮށް ޓީސީ އިން މެޗް ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ނިމުނު އިރު އެއްވެސް ޓީމް އަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. މެޗްގެ މޮޅު ކުޅުން ތެރިޔާގެ މަގާމްއަށް ހޮވިފައި ވަނީ ޓީސީ ގެ ގޯލް ކީޕަރު މުހައްމަދު ޝިޔާޒްއެވެ. ޝިޔާޒް ވަނީ މި މެޗްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

މުބާރާތުގެ ޓޮޕް ސްކޯރާ އަކީ ސަސް ގެ މުހައްމަދު އިޒާން އަލީއެވެ. އިޒާން ވަނީ މި މުބާރާތުގައި 5 ގޯލު ކާމިޔާބު ކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު 11 ކުޅުން ތެރިންގެ ތެރޭގައި ވެސް އިޒާން ހިމެނިފައި ވެޔެވެ.

މުބާރާތުގެ އެންމެ މޮޅު 11 ކުޅުން ތެރިންނަށް ހޮވިފައި ވަނީ

އަހްމަދު ނާހިލް އިބްރާހިމް / ޓީސީ
އަބްދުالله ފިޒާން އަބްދުލް ގަފޫރް / ޓީސީ
މުޙައްމަދު ޝިޔާޒް / ޓީސީ
ހުސެއިން ސަމްމާހް / ޓީސީ
މުޙައްމަދު އިޒާން އަލީ / ސަސް
ހަސަން ހައިޝަމް ހާމިދު / ސަސް
އަހްމަދު ނަވާފް ފައުޒީ / ސަސް
މުޙައްމަދު ޝައްފާން / ސަސް
މުޙައްމަދު އައިމަން ހަސަން / އީގަލްސް
މުޙައްމަދު އަފްޒަލް / މާޒިޔާ
އަހްޒަމް ރަޝީދު / ގްރީން ސްޓްރީޓް

މުބާރާތުގެ އެންމެ މޮޅު ކޯޗްއަކަށް ހޮވިފައި ވަނީ ޓީސީ ގެ ކޯޗް މުޙައްމަދު ނިމާދުއެވެ. ޔޫތު ޗެމްޕިއަންޝިޕްއަކީ ކޮންމެ އަހަރަކުވެސް އެފްއޭއެމް އިން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި ޒުވާން ކުޅުން ތެރިން ދައްކާ ކުޅުމަށް ބަލައި, އެ ކުޅުންތެރިންނަށް ކްލަބް ތަކުގެ ބޮޑު ޓީމްއަށް ކުޅުމުގެ ފުރުސަތު ކްލަބް ތަކުން ފަހި ކޮށްދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ