މާދަމާ ހެނދުނު ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވި ގޮތުގައި، މާދަމާ (ހުކުރު ދުވަހުގެ) ހެނދުނު 6:00 އިން 6:30 އަށް މިކުންފުނީގެ ހައިވޯލްޓޭޖް ގްރިޑް ނެޓްވޯކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން މި މަސައްކަތް ކުރިއަށްދާއިރު ހުޅުމާލޭގޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެވެސް ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.