ޒިފްލީން ޙަސަން

ޒިފްލީނާ 3.5 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގެންފި

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ޙަސަން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފްލެޓެއް ބައްލަވައިގެންފިއެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ފްލެޓްގެ އަގަށްވާ ފައިސާ ޒިފްލީނާގެ ފަރާތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެއްކޮށް ދައްކާފައިވާތީ އެ ފްލެޓް އޭނާއަށް މިލްކުވެފައިވާ ކަމަށެވެ.

ޒިފްލީން ހުޅުމާލެ އިން ބައްލަވައިގަތީ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ. އެ ފްލެޓް ބައްލަވައިގަތީ 3.5 މިލިއަން ރުފިޔާ އަށެވެ. އެއީ 1،200 އަކަފޫޓްގެ ފްލެޓެކެވެ.

އެމްޑީޕީގެ އިސް ސަފުގައި ޙަރަކާތްތެރިވެލައްވާ ޒިފްލީނާ ވަނީ ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އެމްޑީޕީގެ ބައެއް މަގާމުތައް ވެސް އަދާ ކުރައްވައިފައެވެ.

ހަމައެހެންމެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އޭނާ ތިނަދޫ ދެކުނު ދާއިރާއަށް ވެސް ވާދަކުރެއްވިއެވެ

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ބަލަ ޒިފުލީން ގަތޯމަ ކީއްތަވީ؟ފައިސާ ހުރި ކޮންމެ މީހަކަށްވެސް ގަނެވޭނެ.ފައިސާ ހޯދި ގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް.

    2
    1
  2. ހަރާން ލާރި ކައިގެން ގައިގަ ހަރާން މަސްޖަހާފައިތިބި ހަރާން ގޮތުގައި ދިރިއުޅޭ މީހުން ތިޔައީ.
    ހަރާމުން ހަރާން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު