ސަލާޙުއްދީން ޕާކިންގެ އައުޓްޑޯ ޖިމް މަރާމާތަށްފަފަހު އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު، ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށަނީ

މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނަކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ހޭންޑްބޯޅަ މުބާރާތްތައް ބޭއްްވުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިއްސާރަ ދުވަސްތަކުގައި މެޗުތައް ނުކުޅެވުމެވެ. ވާރޭވެހި މެޗުތައް ފަސްކުރަން ޖެހުމުން އެއް މަހަށް ތާވަލްކުރާ މުބާރާތްތައް ދެ މަހަށް ދެމިގެންދެ އެވެ. މިކަމުގެ ސަބަބުން އޮފިޝަލުންނާ ކޯޗުން އަދި ކުޅުންތެރިންނަށްވެސް އުނދަގޫތައް ދިމާވެ މުބާރާތް ބާއްވަންދާ ޚަރަދުވެސް އިތުރުވެ އެވެ.

ހޭންޑްބޯޅަ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަށް ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވީ ގައުމީ 20 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ފިރިހެން ހޭންޑްބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް އޮތް ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ރާފިޢު ވަނީ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ވިއްސާރަ ދުވަސްވަރުގައި ހޭންޑްބޯލް ނުކުޅެވޭ މައްސަލައަށް ހައްލެއް ހޯދުމަށް ހޭންޑްބޯލް އެސޯއިއޭޝަނާއި މިނިސްޓްރީއާއެކު މަސައްކަތްތަކެއްކޮށް, އެތަން ހިޔާކޮށް ލައިޓް ހަރުކުރުމަށް ބޭނުންވާ މައުލޫމާތު މިހާރު އެއްކުރެވިފައިވާކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު