ކ. ތިލަފުށިން ސިނާއީ މަސައްކަތްތައް ކުރުމަށް ބިން ގަތުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުން ބިޑް ކާމިޔާބު ކުރުމަށް އެއް ބީލަމަށްވުރެ ގިނައި ހުށަހެޅޭނެ ގޮތަށް އެޗްޑީސީން ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
އެޗްޑީސީއިން ވަނީ، އެ ރަށުގައި ސިނާއީ ބޭނުމަށް ބިން ގަތުމަށް ކުރި އިއުލާނަށް އެ ކުންފުނިން ދެ އިސްލާހެއް ގެންނަވާފައެވެ. އެއް އިސްލާހުގައި ވަނީ ބީލަށް ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތުގައި ބީލަން ކާމިޔާބު ކުރުމަށް ހުރިހާ ބައިވެރިންނަށް ވެސް އެއް ބީލަކަށްވުރެ ގިނަ ބީލަން ހުށަހެޅޭނެ ކަމަށެވެ.
އަދި ހުޅަހަޅާ ކޮންމެ ބީލަމުގެ އަދަދަކީ އެ ވަގުތެއްގައި އެންމެ މަތިން ހުށަހަޅާފައިވާ ބީލަމުގެ އަގަށްވުރެ މަދުވެގެން 15 ރުފިޔާގެ ބޮޑު އަދަދެއް ކަމުގައި ވާންޖެހޭ ކަމަށް ވިދާޅުވެއެވެ.
އިޢުލާނުގައިވާ ދެވަނަ އިސްލާހުގައި ވަނީ، ބީލަށް ހުށަހަޅާ ސްކްރީންގައިވާ "15+" އިން އެ ވަގުތެއްގައި އެންމެ މަތިން ބީލަށް ހުށަހަޅާފައިވާ އަގަށް 15 ރުފިޔާ އިތުރުކޮށް ބީލަށް ހުށަހެޅޭނެ ކަމަަށެވެ.
އަދި ބީލަމުގެ އަދަދު ޖެއްސުމަށް ހާއްސަކޮށްފައިވާ ގޮޅި ބޭނުންކޮށްގެން ވަގުތުގައި އެންމެ މަތިން ހުށަހަޅާފައިވާ އަގަށް 15 ރުފިޔާއަށްވުރެ މަތިން އެ ފަރާތަކުން އިހްތިޔާރުކުރާ ކޮންމެ އަދަދެއް އިތުރުރުކޮށްގެން ބީލަށް ހުށަހެޅޭނެ ކަމަށް އެ އިޢުލާނުގައި ވެއެވެ.
ތިލަފުށިން ބިން ގަތުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކާއި، ދިވެހި ކުންފުނިތަކުން ސިޓީއަކުން ނުވަތަ އީމެއިލްއަކުން [email protected] އަށް ހުށަހެޅުމަށް އެދޭ ކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.