ހއ.މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަމީޒް ކުއްލިގޮތަކަށް މިރޭ ނިޔާވެއްޖެއެވެ.
ރަމީޒު ނިޔާވެފައިވަނީ ދިއްދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ. ރަމީޒު ދިއްދޫ ހޮސްޕިޓަލަށް ގެނދިޔައީ މާރަންދޫގައި ފުޓްބޯޅަ މެޗެއް ކުޅެމުންދަނިކޮށް މާބޮޑަށް ވަރުބަލިވުމުން، މެޗުން ފޭބިފަހުން ހާލު ދެރަވުމާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި، ރަމީޒަކީ ސިއްހީ މައްސަލައެއް ހުންނަ ބޭފުޅެއް ނޫނެވެ. އޭނާ ކައުންސިލަށް އިންތިޚާބުވެފައިވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. އެމްޑީޕީން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
މިޕާޓީއަށް ނިސްބަތްވާ ހއ.މާރަންދޫ ކައުންސިލްގެ ނައިބް ރައީސް އަޙްމަދު ރަމީޒް ނިޔާވުމުގެ ފުންހިތާމައިގައި މިޕާޓީ ބައިވެރިވަން.
މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްއެދި ދުޢާކުރަން. އާމީން pic.twitter.com/HRkrvrK1VK— MDP Secretariat (@MDPSecretariat) July 13, 2024



