ހުލުމާލެއިން ބިމެއްގަތް ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސައުދާ ވިދާޅުވެއްޖެއެވެ.
ސައުދާ މިހެން ވިދާޅުވީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ޚަބަރަކާ ގުޅިގެންނެވެ. އެ ޚަބަރުގައި ވަނީ ހުޅުމާލޭ ބީޗް ފްރައިންޓުން 9 މިލިޔަން ރުފިޔާއަށް ސައުދާ ބިމެއް ގަނެފައިވާ ކަމަށެވެ.
މި ޚަބަރާ ގުޅިގެން ރާއްޖޭގެ ބައެއް މީޑިޔާތަކަށް ސައުދާ ވިދާޅުވީ ގޯއްޗެއް ގަތްކަން ވެސް އެނގުނީ ޚަބަރެއްގައި ލިޔެފައި އޮތްވާ ފޭސްބުކުން ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ހުޅުމާލެއިން ބިމެއް ގަނެފައިވާ ކަމަށް ބުނެ ބޮޑެތި ދޮގުތައް ފަތުރަމުން ދަނީ އެއްވެސް ބިރެއް ނެތި ކަމަށެވެ.
ސައުދާ ވަނީ، ބޮޑެތި ދޮގުތައް މީޑިޔާތަކުގައި ފަތުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.