ޓްރަމްޕްގެ ކަންފަތަށް އަމާޒުވި ބަޑީގެ ޙަމަލާއަށްފަހު، "އެންމެން އެކަން ކުށްވެރި ކުރަން ޖެހޭނެ" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ޕެންސިލްވޭނިއާ ސްޓޭޓުގައި ޑޮނަލްޑް ޓްރަމްޕްގެ ޖަލްސާއެއް ކުރިއަށްދަނިކޮށް ޓްރަމްޕަށް ދިން ބަނޑީގެ ޙަމަލާއަށް ފަހު، އެކަން ކުށްވެރި ކުރައްވާ ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، "އެމެރިކާގައި މިގޮތަށް ސިޔާސީ އަނިޔާވެރިކަން އިސްކުރުމަކީ ނުވަތަ އަނިޔާވެރިކަން އޮތް ކަމުގެ ޚިޔާލަކީ އަޑުއިވިފައި ނުވާ ޚިޔާލެއް" ކަމަށެވެ.
"އެއީ ހަމަ އެކަށީގެންވާ ކަމެއް ނޫން. އަދި އެންމެން، އެންމެންވެސް އެކަން ކުށްވެރިކުރަން ޖެހޭނެ." ބައިޑެން ވިދާޅުވިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ހޮނިހިރު ދުވަހު ބޭއްވި އެއްވުމެއްގެ ތެރޭ މީހަކު ބަޑިން ހަމަލާދޭން ވަނީ މަސައްކަތްކޮށްފައެވެ.
ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައި ބަޑިން ހަމަލާދޭން މަސައްކަތްކުރީ އޭނާ ޕޯޑިއަމްގައި ވާހަކަ ދައްކަން ހުންނަވަނިކޮށެވެ. ބަޑީގެ އަޑުފައްގަނޑާ އެކު ޓްރަމްޕް އޭނާގެ ކަނާތްފަރާތު ކަންފަތް މަތީ އަތް އެޅުއްވި އެވެ. އެއާ އެކު މޫނުމަތީގައި ލޭ ހުއްޓާ ފެނުނެވެ.
މި ހާދިސާ ތަހުގީގުކުރަމުން ގެންދަނީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ގޮތުގައި ކަމަށް ރަސްމީ އިދާރާތަކުން ވިދާޅުވެއެވެ.
ގުޅުންހުރި: