މާލީ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިސްލާމިކް ފައިނޭންސާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ވަރަށް ޚާއްޞަ ސެޝަނެއް މިއަދު ކުރިއަށްގެންގޮސްފިއެވެ.
މާލީ ވުޒާރާގެ އިސްމާޢީލް ފަތުޙީ މާލަމްގައި މިއަދު ކުރިއަށްގެންދިޔަ މި ސެޝަންގައި ކޮންވެންޝަނަލް ބޭންކިންގ އާއި އިސްލާމިކް ބޭންކިންގ އާ ހުރި ތަފާތުތަކާއި، އިސްލާމިކް ފައިނޭންސްގެ ތާރީޚަށާއި، އިސްލާމިކް ފައިނޭންސްގެ ޝަރުތުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
އެ ވުޒާރާގެ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން އިސްނަގައިގެން ހިންގި މި ސެޝަން ނަންގަވައިދެއްވީ އިސްލާމިކް ފައިނޭންސް ކޮންސަލްޓަންޓް، އަޒްމީން ރަޝީދެވެ.



