12 ފެބުރުވަރީ 2025

ހިކަނދި ފަތް ބޭނުންކުރަނީ އޭގެ ފައިދާ އެނގިގެންތަ؟

ހިކަނދިފަތަކީ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ފަތެކެވެ. ކޮންމެ ދުވަހަކުވެސް ނުސީދާ ގޮތުންވެސް، ކޮންމެވެސް މިންވަރަކަށް ހިކަނދިފަތް ބޭނުން ކުރެވެއެވެ އެއީ ރިހައާއި ތަފާތު ކެއުންތައް ތައްޔާރުކުރާއިރު ބޭނުންކުރާ ފަތެކެވެ.

ހިކަނދިފަތަކީ ކައްކާ ތަކެތީގެ ރަހަ މީރުކޮށްދޭ ބައިވެރިއެކެވެ. އެއީ ބޭސްވެރިކަމާއި ކެއްކުމުގައިވެސް ވަރަށް އާންމުކޮށް ބޭނުންކުރާ ފަތެކެވެ. 

ހިކަނދި ފަތަކީ އެންޓި އޮކްސިޑަންޓްސް ގިނަ ފަތެކެވެ. ހިކަނދި ފަތް ބޭނުންކުރުމުން، ކެންސަރާއި، ހިތުގެ ބަލިތަކާއި، ހަކުރުބައްޔާއި، ބަނޑުހަމަނުޖެހުމާއި އަދި މޭބޮޑުކުރުން ފަދަ އުނދަގޫތަކުން ރައްކާތެރިކަން ލިއްބައިދެއެވެ.

ހިކަނދިފަތަކީ އެކަށީގެންވާ މިންވަރަކަށް ކާބޯހައިޑްރޭޓްސް އެކުލެވޭ ފަތެކެވެ. އެހެންކަމުން، ހަށިގަނޑަށް ބޭނުންވާ ހަކަތައިގެ މިންވަރެއް އެއިން ލިއްބައިދެއެވެ. އެފަތުގައި، ޕްރޮޓީން، ފައިބާ، ކެލްސިއަމް، ފޮސްފޮރަސް، އަޔަން އަދި އެހެނިހެން މިނަރަލްސް އެކުލެވެއެވެ. އަދި ހަމަ ވިޓަމިން އޭ، ބީ، ސީ އަދި އީ ހިމެނެއެވެ.

ހިކަނދިފަތަކީ ބޭސްވެރިކަމުގައި ތަދު ކެނޑުވުމަށް ކުރީ ޒަމާނުގައި ބޭނުން ކުރި ފަތެކެވެ.

ހިކަނދި ފަތް ބޭނުން ކުރުމުން، ނާރުތަކުގެ ދުޅަހެޔޮކަން ގެނައުމުގެ އިތުރުން އަނގައިގެ ބެކްޓީރިއާ ނައްތާލުމާއި ލޭ އުފެއްދުމާއި ލޮލުގެ ފެނުމުގެ ބާރު ޖެއްސުމާއި ހަންގަނޑަށް ތާޒާކަން ލިއްބައި ދިނުމާއި، ފާރު ހިއްކުމަށްވެސް އެހީތެރިވެދެއެވެ.

ހިކަނދިފަތަކީ ކެއުމުގެ ތެރޭގައި، ބޭނުން ކުރަން ޞިއްޙީ ގޮތުން އެންމެ ރަނގަޅު ފަތެވެ. ނަމަވެސް މާގިނައިން ބޭނުންކުރުމުން ނުރަނގަޅު އަސަރެއް ކޮށްފާނެތީ، އެކަމަށް ސަމާލުކަން ދޭންވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު