7 ފެބުރުވަރީ 2025
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭ މަޝްވަރާތައް އެޓާނީ ޖެނަރަލުގެ އޮފީހުން ފައްޓަވައިފި، ފޮޓޯ: އޭޖީ އޮފީސް

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭ މަޝްވަރާތައް ފަށައިފި

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭ މަޝްވަރާތައް އެޓާނީ ޖެނަރަލުގެ އޮފީހުން ފައްޓަވައިފިއެވެ.

މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭޖީ އޮފީހުން ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މި އޮފީހުން ކުރަމުންދާ މަސައްކަތްތަކުގައި އޮޑިޓަރ ޖެނެރަލްގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭ މަޝްވަރާތައް، ފޮޓޯ: އޭޖީ އޮފީސް

 

އޭޖީ އޮފީހުން ވިދާޅުވީ، މިކަމަކީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އޭޖީ އޮފީހުން މި މަޝްވަރާތައް ފައްޓަވާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައެވެ. އަދި އެމްއެމްޕީއާރުސީން ގެއްލިފައިވާ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު