އައް-ޝާޠިބީ (790ހ.) ކިޔައިދެއްވަތެވެ:
«ދެންފަހެ އެމީހުން ކުރެ ބަޔެއްގެ ކިބައިން ކިޔައިދެވިގެން އައިސްފައިވެއެވެ. ހަމަކަށަވަރުން ސަތޭކަ ދިރްހަމު ވައްކަން ކުރުމަށްވުރެވެސް، އަޞްލު ނޫން ފޭކު އެންމެ ދިރްހަމެއް ހޭދަކުރުން، ކަމުގެ ގޮތުން މާ ގަދަފަދަވެގެންވެއެވެ. ބުނެއެވެ:
"އެހެނީ ހަމަކަށަވަރުން ވައްކަމަކީ އެއް އުރެދުމެކެވެ. އެންމެ ފާފައެކެވެ. އަދި ގައިމު އެކަން ކޮށްފައި އެކަން ނިމި، އަދި އެކަން އެޙިސާބުން ކެނޑިގެން ދެއެވެ. އަދި އެއާ ޚިލާފަށް، އަޞްލު ނޫން ފޭކު އެއްޗެއް ފާޅުކުރުމީ، އެކަމަކީ ދީނުގައި ފާޅުކުރެވޭ ބިދްޢަތެކެވެ. އަދި އެއީ އޭނާ މަރުވުމަށް ފަހުގައި، އެކަމުގެ މައްޗަށް ޢަމަލު ކުރެވިގެންދާނޭ ނުބައި ސުންނަތެއް އޭނާ ހަދައިފި ކަމުގައެވެ.
ފަހެ އެހެންކަމުން އޭނާ މަރުވުމަށް ފަހުގައި، ގޮސް ސަތޭކަ އަހަރު ވިޔަސް، އަދި ދުއިސައްތަ އަހަރު ވިޔަސް، އެހެންގޮސް އެދިރްހަމު ފަނާއުވެދާންދެން އޭނާގެ މައްޗަށް އޭގެ ވިޒްރު (ބުރައާއި ފާފަ) ހުއްޓެވެ. އަދި އޭނާގެ ސަބަބުން، މީސްތަކުންގެ މުދަލަށް ގެއްލުންވެ އަދި ފަސާދަވެގެންދާ ކަމުގެ އެކަންވެސް އޭނާގެ މައްޗަށް ހުއްޓެވެ.
އަދި އެހެންވީމާ އެމީހަކު މަރުވުމުން، އަދި އެމިީހާއާ އެކުގައި އެމީހެއްގެ ފާފަތައްވެސް މަރުވެ ނެތިގެންދާ މީހާއަށް، ހެވާއި އުފާވެރި ޚަބަރު ހުއްޓެވެ!
އަދި އެމީހަކު މަރުވުމުން، އެމީހެއްގެ ފާފަތައް ސަތޭކަ އަދި ދުއިސައްތަ އަހަރަށް ބާޤީވެ ދެމިހުުންނަ މީހާއަށް، ދިގުވެގެންވާ ގެއްލުމާއި ހަލާކު ހުއްޓެވެ!
އޭގެ ސަބަބުން ޤަބްރުގައި އެމީހާއަށް ޢަޛާބު ލިބިލިބި ހުރެއެވެ. އަދި އެއެއް ނެތި އުވިގެންދާންދެން އެއާމެދުގައި އެމީހާއާ ސުވާލުކުރެވޭ ހުއްޓެވެ."»
[الموافقات للشاطبي: 361/1]
މިއީ، ޓެލެގްރާމް ޗެނަލް "ފައިދާ" އަށް ޕޯސްޓްކޮށްފައިވާ ލިއުމެކެވެ. މިލިއުމުގެ އަސްލު، ޓެލެގްރާމް ޗެނެލް "ފައިދާ" އިން ބަލައިލެވޭނެއެވެ. މިލިއުން ޝާއިޢުކޮށްފައި މިވަނީ އެފަރާތުގެ އިޒުނައާއެކުގައެވެ.