29 އެޕްރީލް 2025
މާފުށީގައި އޮޕަރޭޝަން ކުރަނގި ފެށުން، ފޮޓޯ: ހޯމް މިނިސްޓްރީ

ސަރުކާރުގެ އަމާޒަކީ ތިންމަސް ތެރޭ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން

އަމާޒަކީ ތިން މަސް ތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިނިސްޓްރީން ފެށި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރަން ރާވާފައިވާ މައުލޫމާތު ހިއްސާކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ރަށްތަކުގެ ކައުންސިލްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން، މިނިސްޓްރީން އެކަމަށް ޚާއްސަކޮށް ޕޯޓަލެެއް ގާއިމުކޮށްފައިވާ ކަމަށާއި އެ ޕޯޓަލަށް މައުލޫމާތުތައް އެއްކުރުމަށް ބޭނުންވާނެ ވަސީލަތްތައް ކައުންސިލްތަކަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށް އަބްދުލްމަޖީދު އިބްރާހީމް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވިސްނުމަކީ، އަޅުގަނޑުމެންގެ ޕްލޭނަކީ 100 ދުވަހުގެ ތެރޭގައި ނުވަތަ ތިން މަސް ދުވަސްތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތުތައް ހޯދައި އެއްކުރުން. ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް
މީގެއިތުރުން، އުއްމީދަކީ ވީހާވެސް އަވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފުވެފައި ތިބި ފަރާތްތަކަށް އަލުން ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ދޭނެ ކަމަށާއި ހަމައެހެންމެ، ޕްރޮގްރާމް ނިމޭއިރު، ރާއްޖޭގައި ބިދޭސީން ގާއިމުވެފައި ތިބި އަދަދާއި ނުގަވައިދުން ތިބީ ކިތައް ބިދޭސީން ކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ކ. ހިންމަފުށީގައި ފެށީ މެއި މަހުގެ ދެވަނަ ދުވަހެވެ. އަދި، މި އޮޕަރޭޝަން މާފުށީގައި ފެށީ މެއި މަހުގެ 13 ވަނަ ދުވަހެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު