30 އެޕްރީލް 2025
ހުޅުމާލޭގެ ބޯކޮށާ 4 ތަނެއް ބަންދުކޮށްފި، ފޮޓޯ: އިމިގްރޭޝަން

ހުޅުމާލޭގެ ބޯކޮށާ 4 ތަނެއް ބަންދުކޮށް، ޤަވާއިދާ ޚިލާފަށް އުޅޭ 11 ބިދޭސީއެއް އަތުލައިގެންފި

ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންތަކުގައި، ހުޅުމާލޭގެ ކޮފީ/ ޓޭކްއަވޭ ފިހާރަތަކާއި ބޯކޮށާ ތަންތަނަށް އަމާޒު ކޮށްގެން ބަލައި ފާސްކޮށް، 11 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ހަތަރު ތަނެއް ބަންދު ކޮށްފިއެވެ.

އިމިގްރޭޝަނުން ވަނީ ހުޅުމާލޭގެ ބޯކޮށާ ތަންތަނަށް އަމާޒު ކޮށްގެން އިއްޔެ 6 ތަނެއް ބަލައި ފާސްކޮށްފައެވެ. އަދި މީގެތެރެއިން 4 ތަނެއް ބަންދުކޮށް، ޤަވާއިދާ ޚިލާފަށްއުޅޭ 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ.

ހުޅުމާލޭގެ ކޮފީ/ ޓޭކްއަވޭ ފިހާރަތަކަށް އަމާޒުކޮށް އިމިގްރޭޝަނުގެ ރެއިޑް ހިންގާފައި ވަނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. އެގޮތުން 7 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 4 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެދަށަށްވަނީ ގެންގޮސްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަންތަކުގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސިން ރާއްޖެއިން ފޮނުވާލައިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު