11 ފެބުރުވަރީ 2026
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އދ. މާމިގިއްޔަށް ވަޑައިގަތުމުން، އެ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެމަނިކުފާނާ ސަލާންކުރައްވަނީ.

މާމިގިލިން މަޖިލީހުގެ ރައީސަށް ހޫނު މަރުޙަބާއެއް!

ޤާސިމް އިބްރާހީމުގެ ދަޢުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އދ. މާމިގިއްޔަށް މިއަދު ވަޑައިގަތުމުން، އެ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމް އެމަނިކުފާނަށް ހޫނު މަރުހަބާއެއް އިއްޔެ ދަންނަވައިފިއެވެ.

މާމިގިލިން ޢަބްދުއްރަޙީމުގެ ދެކަނބަލުންނަށް ވަނީ ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމާއި މާމިގިލީ އެއާޕޯޓުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރުން އަދި މާމިގިލީގެ އާންމުން ވެސް ވަނީ އަބްދުއްރަހީމަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފަ އެވެ.

އަބްދުއްރަހީމާއި އެމަނިކުފާނުގެ އަނބިކަނބަލުން މާމިގިއްޔަށް ވަޑައިގަތީ ޤާސިމްގެ ދައުވަތަކަށް ނަމަވެސް، އެ ދަތުރުފުޅާބެހޭ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު