އެބައިމީހުން، ވަލުހިޔަޅުތަކެއްގެ ހިތްތަކުގެ މައްޗަށް ކަންބަޅީގެ ހަންގަނޑުތައް އަޅައިގެން ލައި އުޅެނީއެވެ.
އިމާމް އަބޫ އަލް-ޢާލިޔަތު (93ހ.) އަރިހުން އައިސްފައިވެއެވެ:
«މީސްތަކުންގެ މައްޗައް ޒަމާނެއް އަންނަހުށްޓެވެ. އެޒަމާނުގައި ޤުރްއާނުން އެބައިމީހުންގެ ހިތްތަައް ޚަރާބުވެފައި ވާނެތެވެ. (އެބަހީ: އެބައިމީހުންގެ ހިތްތަކަށް ޤުރްއާނުން އަޘަރެއް ނުކުރާހުއްޓެވެ.) އަދި އެބައިމީހުންނަށް އެޤުރްއާނުން ފޮނިކަމެއް އަދި ފޮނިމީރުކަމެއް ނުވާނެއެވެ.
އެބައިމީހުންނަށް އަމްރު ކުރެވިފައިވާ ކަމެއްގައި ފަރުވާކުޑަކޮށްލެވިއްޖެނަމަ، އެބައިމީހުން ބުނާނެއެވެ: ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.
އަދި އެބައިމީހުންނަށް އެކަމަކުން ނަހީކުރެވިގެންވާކަމެއް ޢަމަލު ކުރެވިއްޖެ ކަމުގައިވާނަމަ، އެބައިމީހުން ބުނާނެތެވެ: ﷲ އަހަރެމެންނަށް ފާފަފުއްސަވާދެއްވާނެއެވެ. ހަމަކަށަވަރުން އަހަރެމެން ﷲ އަށް އެއްވެސް އެއްޗެއް ޝަރީކުނުކުރަމުއެވެ.
އެބައިމީހުންގެ ހުރިހާވެސް ކަމެއް ވާހުށީ ﷲ އާ މެދު ކުރާ އެދުންތަކެއް ކަމުގައެވެ. އެކަމުގައި އެއްވެސް ތެދުވެރިކަމެއްނުވެއެވެ.
އެބައިމީހުން، ވަލުހިޔަޅުތަކެއްގެ ހިތްތަކުގެ މައްޗަށް ކަންބަޅީގެ ހަންގަނޑުތައް އަޅައިގެން ލައި އުޅެނީއެވެ. އެބައިމީހުންގެ ތެރެއިން އެމީހެއްގެ ދީނުގައި އެންމެ ފަޟްލުވެގެންވާ މީހަކީ މުދާހަނަތު ކުރާ މީހާއެވެ. (އެބަހީ: އެބައިމީހުންގެ ތެރެއިން އެންމެ ކުޑަމިނުންވެސް ރަނގަޅު މީހަކީ، މަންފަޢަތެއް ލިބިގަތުމަށް އިޚްލާޞްތެރިކަމެއް ނެތި، މާބޮޑަށް ރުހޭކަމަށް ބޭރުފުށުން ހެދިގަނެގެން އުޅޭ ކަހަލަ ޚުޝާމަދު ކުރާ މީހާއެވެ.)»
[الزهد لأحمد بن حنبل: ١/٢٤٥]
މިއީ، ޓެލެގްރާމް ޗެނަލް "ފައިދާ" އަށް ޕޯސްޓްކޮށްފައިވާ ލިއުމެކެވެ. މިލިއުމުގެ އަސްލު، ޓެލެގްރާމް ޗެނެލް "ފައިދާ" އިން ބަލައިލެވޭނެއެވެ. މި ލިއުން ޝާއިޢުކޮށްފައި މިވަނީ އެފަރާތުގެ އިޒުނައާއެކުގައެވެ.