23 އެޕްރީލް 2025

މަނަދޫ އަޒީގެ ޅެންހާރު: ސަލާމުގެ މާމަލުން

*ރާގު! ނަޖާނޭ ކިޔޫން ހަމާރޭ،.،..

ސަލާމުގެ މާމަލުން ކައުސާހިބާއަރިހަށް ވެދުންކުރަނީ
(ސަލާމުގެމާ)
(ޞަލާތުގެ ރީތިވީހާ)
ޞަލާތުގެ ރީތިވީހާ ހާރުތައް މި ގަތާ ވެދުންކުރަނީ
(ސަލާމުގެމާ)
ހިދާއީ ނޫރަކީތިޔައޭ އުޖާލާ އެންމެ ނޫރާނީ 2
ވިދާ އާފާޤުގައި ބަބުޅާ ފަޒާ ރޯޝަންވި ލާސާނީ
(ފިދާވުން އެންމެއެދެވޭ)
ފިދާވުން އެންމެއެދެވޭ ސާހިބާ ތިޔައިއްޔެ އިންސާނީ
(ސަލާމުގެމާ)
އަމީނޭ އުންމަތުގެ ތިޔައީ ނިހާއީ ޝަރަފު ލިބިގެންވާ
ޒަމީލޭ އުންމަތުގެ އެންމެންގެ ތިޔައީ ދަރަޖަލިބިގެންވާ
(ޝަފީޢޭ ދެދުނިޔޭގައި)
ޝަފީޢޭ ދެދުނުޔޭގައި ސާހިބާތިޔައީ އެ އިޙްސާނީ
(ސަލާމުގެމާ)
ޚުލުޤުފުޅު ހެޔޮކަމާ ތެދުވެރިކަމުގެ މަތިވެރި ޝަރަފުވެރިކަން 2
ކުލުނުވެރި ހިތްޕުޅުގެ ހެޔޮފުޅުކަމާ ތަޤްވާގެ މަތިވެރިކަން
(ޞުލްޙަވެރި ހިތްޕުޅެއްވީ)
ޞުލްޙަވެރި ހިތްޕުޅެއްވީ ލިބިވަޑައިގެންފާ އެ ރޫޙާނީ\
(ސަލާމުގެމާ)

8 އޮގަސްޓް 2024
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *