30 އެޕްރީލް 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގައި އައިޔޫއެމް ކެމްޕަސް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވރސިޓީ، އައިޔޫއެމްގެ ކެމްޕަހެއް ހުޅުމާލޭގައި އެޅުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި އިސްލާމީ ޔުނިވަރސިޓީން ވިދާޅުވީ ފައިސާ ހަމަޖެހިފައިވަނީ ކެމްޕަހެއް އެޅުމަށް އިންވެސްޓުކުރުމަށް މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ހުޅުވާލި ފުރުޞަތުގައި އިސްލާމިކް ފައިނޭންސްގެ ސުކޫކް އިސްތިސްނާގެ ދަށުންކަމަށެވެ. އެގޮތުން 60 މިލިއަން ރުފިޔާގެ ސުކޫކް ވިއްކާފައިވާކަމަށް އެ ޔުނިވަރސިޓީން ވިދާޅުވިއެވެ.

ހުޅުމާލޭގައި އިސްލާމީ ޔުނިވަރސިޓީގެ ޢިމާރާތެއް އެޅުމަށް ބޭނުންވާ ބިން ގަނެފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެބިން އޮންނަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކު ކައިރީގައެވެ. އިސްލާމީ ޔުނިވަރސިޓީން ވިދާޅުވީ އަށް ފަންގިފިލާއަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ އައު ޢިމާރާތް އެޅުމަށް ފައިސާ މިމަހުގެ 8 ވަނަ ދުވަހު ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލޭގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް އެޅުމަށް، ކުރިއަށްގެންދާ މަޝްރޫޢަށް އެ ޔުނިވަރސިޓީން ދިފައިވާ ނަމަކީ ސަނަބިލް މަޝްރޫޢުއެވެ. މަޝްރޫޢުގެ އަމާޒަކީ ހުޅުމާލޭގައި ފެންވަރު ރަނގަޅު މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާޢިމްކޮށް، އެމަރުކަޒުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު ފަހިކޮއްދިނުމާއި އާންމު މުޖުތަމަޢުއަށް އިޖްތިމާޢީ، އިޤްތިސާދީ އަދި އެހެނިހެން ކުރިއެރުންތަށް ހޯދައިދިނުންކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

މިހާތަނަށް ހުޅުމާލޭގައި ރާއްޖޭގެ އެއްވެސް ޔުނިވަރސިޓީއެއްގެ ކެމްޕަހެއް ޤާއިމުކުރެއްވިފައެއް ނުވެއެވެ. އިސްލާމީ ޔުނިވަރސިޓީގައި ހުރީ ފަސް ކުއްލިއްޔާއާއި ހަތަރު ސެންޓަރެވެ. އެ ޔުނިވަރސިޓިން ސެޓްފިކެޓް ލެވެލުން ފެށިގެން ޕީއެޗްޑީއާ ހަމައަށް އެކި ޕްރޮގްރާމްތައް ހިންގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެދުނީ 9 ޖުލައި 2015ވަނަ އަހަރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު