ދުޢާކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތައް:
”އިބުނު ޢަޠާއު (ނ309ހ) ވިދާޅުވެފައިވެއެވެ:
ހަމަކަށަވަރުން ދުޢާއަށް ރުކުންތަކާއި، ފިޔަގަނޑުތަކާއި، ސަބަބުތަކާ އަދި ވަގުތުތަކެއްވެއެވެ.
◀️ އޭގެ ރުކުންތަށް އަދާކޮށްފިނަމަ ދުޢާ ވަރުގަދަވެއެވެ.
◀️ އަދި އޭގެ ފިޔަގަނޑުތަށް ފުރިހަމަކޮށްފިނަމަ މާތް ﷲގެ ޙަޟްރަތަށް ދުޢާ އުފުލިގެންދެއެވެ.
◀️ އަދި އޭގެ ވަގުތުތަކުގައި ދުޢާ ކޮށްފިނަމަ ކާމިޔާބުވެއެވެ.
◀️ އަދި އޭގެ ސަބަބުތައް އެއްވެއްޖެނަމަ ދުޢާ އިޖާބަވާނެއެވެ.
އޭގެ ރުކުންތަކަކީ: ހިތްނިޔަތް ޙާޟިރުކުރުމާއި، އޯގާތެރިކަމާއި، ކިޔަމަންތެރިކަމާއި، ނިކަމެތިކަމާއި، ހިތް މާތް اللهއަށް ވަކީލުކުރުމާއި، އަދި އެއިލާހު ފިޔަވައި އެހެން (ދުނިޔަވީ) ސަބަބުތަކުން ހިތް ދުރުކޮށްލުމެވެ.
އަދި އޭގެ ފިޔަތަކަކީ: ތެދުވެރިކަމެވެ.
އޭގެ ވަގުތުތަކަކީ: ރޭގަނޑުގެ ފަހުވަގުތެވެ.
އޭގެ ސަބަބުތަކަކީ: މާތް ﷲ ޚިޔާރުކުރައްވާފައިވާ މުޙައްމަދުގެފާނަށް (صلى الله عليه وسلم) ޞަލަވާތްކިޔެވުމެވެ.‘“
المسالك في شرح موطأ مالك لأبي بكر بن العربي [155/3]