25 ޖަނަވަރީ 2025

ކުޑަކުއްޖަކަށް އަނިޔާކޮށް މާރާމާރީ ހިންގި އަންހެނަކު ފުލުހަށް ހާޒިރުވާން އަންގައިފި

ކުޑަކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ގދ. ގައްދޫ އަންހެނަކު ފުލުހަށް ހާޒިރުވާން އަންގައި އިއުލާން ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ޝަފުރާ ޢަބްދުﷲ އާދަމް، ގދ. ގައްދޫ / ދިލާވަރުގެ (25އ) އެވެ.

މި މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް އޭނާ ހާޒިރުވާން އަންގާފައި ވަނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

މި މައްސަލައިގައި ފުލުހުން ވިދާޅުވީ، އެރަށު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު