10 ފެބުރުވަރީ 2026
މަސްދޯނިތަކުން އައިސް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: ފޮޓޯ މިފްކޯ

5 ރަށެއްގައި އައިސް ޕްލާންޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފި

ރާއްޖޭގެ 5 ރަށެއްގައި އައިސް ޕްލާންޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިިފިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުންނެވެ.

އައިސް ޕްލާންޓު ތަރައްޤީކުރުމަށް މާލީ ވުޒާރާއިން ހުޅުވާލާފައިވަނީ، ހއ. އިހަވަންދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ، ހއ. ދިއްދޫ، ގދ. ރަތަފަންދޫ، މި ރަށްތަކުގައެވެ.

މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިންޓަރނޭޝަނަލް ބިޑިންގ ( އެން.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާގޮތުގެ މަތިންކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 10ގެ 13:00ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މި ޕްރޮޖެކްޓުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 250000 ނުވަތަ އެ އަދަދާ އެއްވަރުގެ ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 148 ދުވަހެވެ.

މާލީ ވުޒާރާއިން ވިދާޅުވީ ބީލަން ހުޅުވުން އޮންނާނީ އޮކްޓޫބަރު 20ވަނަ ދުވަހު އެ ވުޒާރާގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މި ސަރުކާރުން ވަނީ 11 އައިސްޕްލާންޓެއް ޤާއިމްކުރުމަށް ނިންމާފައެވެ. މި 11 އައިސްޕްލާންޓާއެކު އައިސް އުފެއްދޭ މިންވަރު 1880 ޓަނަށް އިތުރުވެގެންދާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. މީގެތެރެއިން ސައުދީ ފަންޑުގެ އެހީގައި ތަރައްޤީކުރާ 5 އައިސް ޕްލާންޓު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް މިހާރު ހުޅުވާލާފައިވާއިރު، ބާކީ 6 ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު