ރޮމޭންޓިކް ކޮމެޑީތައް ބަލައިގެން ބޮޑުވި ގިނަ މީހުން ވަނީ ހަގީގީ ލޯތްބަކީ ކޮބައިކަން ވަރަށް ފުރިހަމަ ތަސްވީރެއް ކުރަހައިގެން ހުވަފެނުގެ ރާނީ ނުވަތަ ރާޖާ ހިތުގެ ކަނެއްގައި ބާއްވާއިގެން އުޅެބައެކެވެ. މި މީހުންގެ ވިސްނުމާއި ފިކުރު އަކީ އެހެން މީހަކަށް ނަގައިގަނެވޭ ވަރުގެ އެއްޗަކަށް ނުވާނެ ކަމަށް މިފަދަ މިހުން ދައުވާ ކުރެއެވެ.
ލޯތްބަކީ ހަގީގަތުގައި ކޯޗެއްކަން އެނގޭ މީހަކު ނެތެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެއީ ކަނު އެއްޗެކެވެ. އަނެއް ބަޔަކު ބުނާގޮތުގައި އެއީ އަޅާލުމެވެ. އަނެއް ބަޔަކު ބުނަނީ ލޯތްބަކީ އިހުސާސެއް ކަމަށެވެ. އެހެންވެ އެކިމީހުނަށް ލޯބި ސިފަ ވަނީ އެކި ގޮތަކަށް ކަމުގައި ނިންމަމާ ހިނގާށެވެ.
ކޮންމެއަކަށް ލޯތްބާއި ނުލައި ދިރިއުޅުމަކީ އެކަކަށް ވެސް ވާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. ނަމަވެސް ސުވާލަކީ ހަގީގީ ދިރިއުޅުމުގައި "މީހަކު ތިބާދެކެ ލޯބިވާކަން އެނގޭނީ ކިހިނެއްތޯ" އެވެ.
މިއީ ވެސް އެކި މީހުން އެކި ގޮތަށް މާނަ ކުރާނެ އެއްޗެއް ކަމާއި މެދުގައި ޝައްކެއް ނެތެވެ. ނަމަވެސް މި ކަމުގެ މާހިރުން ނުވަތަ ތަޖުރިބާކާރުން ވަނީ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިއެވެ.
އެބޭފުޅުން ވިދާޅުވާ ގޮތުގައި ލޯބި ވުމަކަށް ވަކި މީހެއް ނުވަތަ ވަކި ވަގުތެއް ނޯވެއެވެ. ލޯބި ވުމަށް ބޭނުން ވަނި ކުޑަ ހިނދު ކޮޅެކެވެ. އަދި ތިބާ ދެކެ މީހަކު ލޯބި ވާކަން ހޯދުމަކީ ވެސް މާ އުދަނގޫ ކަމެއް ނޫނެވެ. ބައެއް މީހުން އެކުގައި އެތަށް ދުވަހަކު އުޅޭ ރަހުމަތް ތެރިން ދެކެ ލޯބިވެއެެވެ. އަނެއް ބަޔަކު ނުދައްނަ މީހަކު ދެކެ ލޯބިވެއެވެ.
މީހަކު ތިމާ ދެކެ ލޯބިވާކަން އެނގޭނެ އެންމެ ފުރިހަމަ ނުވަތަ މުޖައްރިބު ގޮތަކީ އޭނާގެ ބިހޭވިއާ ކަމަށް ތަޖުރިބާ ކާރުން ބުނެެއެވެ. އެގޮތުން އޭނާ އާއި މެދުގައި ކަންކުރާ ގޮތާއި އެހެން މީހުން ކައިރީގައި އޭނާގެ ވާހަކަ ދައްކާއިރުގައި މިކަންކަން ފާހަގަ ވާނެ ކަމަށް އެބޭފުޅުން ބުނެއެވެ. އެހެންވީމާ މީހެއްގެ އުޅުމަށް ބަލައިގެން އެއީ ތިމާދެކެ ލޯބިވާ މީހެއްތޯ ބެލުން ކިހިނެއް ވާނެ ހެއްޔެވެ.