11 ފެބުރުވަރީ 2026
މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ފޮޓޯ: ފޮރިން މިނިސްޓްރީ

ޚާރިޖީ ވަޒީރު، ރަސްމީ ދަތުރުފުޅެއްގައި އެކުވެރި ޢަރަބި އިމާރާތަށް ފުރާވަޑައިގެންފި

ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސެޕްޓެމްބަރ މަހުގެ2 އިން 4 އަށް، އެކުވެރި ޢަރަބި އިމާރާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންގެ އިތުރުން ޔޫ.އޭ.އީ. ސަރުކާރުގެ އެހެނިހެން އިސްވެރިންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް، އަޙުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ޙަމީދު؛ އަދި ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު