3 ނޮވެންބަރު 2024

ޕެރަލިމްޕިކްސްގައި ދިވެހި ދެ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދައިފި

ފްރާންސްގެ ވެރިރަށް ޕެރިސްގައި ކުރިއަށްދާ ޕެރަލިމްޕިކްސް 2024ގައި ވާދަކުރި ދިވެހި ދެ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

ޕެރަލިމްޕިކް ގޭމްސްގައި މިފަހަރު ދިވެހިރާއްޖެ ތަމްސީލުކުރީ ދެ ދުވުންތެރިން ކަމަށްވާ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުއްރައްޒާގު އަބްދުއްސަމަދު އެވެ.

މި ގޭމްސްގައި ފާތިމަތު އިބްރާހިމް ވާދަކޮށްފައިވަނީ 100 މީޓަރު ދުވުމުގަ އެވެ. އޭނާ ވަނީ 17:10 ސިކުންތުން ރޭސް ނިންމައި މި އިވެންޓުގައި ގައުމީ ރެކޯޑެއްވެސް ހަދާފައެވެ.

އަބްދުއްރައްޒާގު ވާދަކޮށްފައިވަނީ ޓީ11-ޓީ13ގެ 100 މީޓަރު ދުވުމުގަ އެވެ. އޭނާ ވަނީ 14.46 ސިކުންތުން ރޭސް ނިންމައި، އޭނާގެ ކެރިއަރުގެ ބެސްޓް ޓައިމިން ހާސިލްކޮށްފައެވެ.

ފާތުން އާއި ރައްޒާގު ވަނީ މިދިޔަ އަހަރު މަޑަގަސްކަރައިގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު