ލުބޯއަކީ ޒަމާނުންސުރެ ވެސް ބިއުޓީ އިންޑަސްޓްރީގައި ރަނިކަން ކުރަމުން އަންނަ އެއްޗެކެވެ. ހާއްސަކޮން ފާޑު ފާޑުގެ ކެމިކަލްތަކުގެ ބަދަލުގައި ގޭގައި ތައްޔާރުކޮށްގެން ބޭނުން ކުރާ ފޭސް މާސްކް ހެދުމުގައި ލުބޯގެ ދައުރު ބޮޑެވެ. އަދި ލުބޯ އަކީ ދިވެހިންގެ މެދުގައި ކެއުމުގައިވެސް ވަރަށް އާންމު އެއްޗެކެވެ.
ލުބޯ ލައިގެން ބަތް ކެއުމުގެ އިތުރުން ލުނބޯހުތު ފަނި ނުވަތަ ލެމިނޭޑް އަކީ ވެސް މަގުބޫލު އެއްޗެކެވެ. ލެމިނޭޑް އަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތަފާތު ގޮތްގޮތަށް ތައްޔާރުކޮށްގެން ބޭނުން ކުރާ މީރު ބުއިމެކެވެ. ހާއްސަކޮށް ހޫނުގަދަ އިރުގައި މި ބުއިމުގެ ޑިމާންޑް ވަރަށް ބޮޑެވެ.
ލުނބޯގައި ހުންނަ ސިޓްރިކް އެސިޑަކީ ހަމުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލުމަށް އެހީވެދޭ ބާވަތެކެވެ. ލުނބޯގައި ހުންނަ ހަމުގެ ކުލަ އަލިކޮށްދޭ ބާވަތުން ހަމުގެ ކުލަ އަލިކޮށްދީ ހަންގަނޑަށް ދިރުން ގެނެސްދެއެވެ. އެހެންކަމުން މީގެ ސަބަބުން މޫނުގެ ގެ ހަންގަނޑު އުޖާލާ ކޮށްލުމަށް މީ ވަރަށް ރަނގަޅު އެއްޗެކެވެ. އާންމުކޮށް ލުނބޯ މޫނުގައި އުނގުޅުމުން މޫނުގެ ކުލަ އަލި ކޮށްދެއެވެ. އަދި ހަންގަޑު އިތުރުން ދުޅަހެޔޮ ކޮށްދޭވެސް މެއެވެ.
އަދި ލުނބޯގައި ހުންނަ ވިޓަމިން ސީ އިން ހަމުގައި އުފެދިފައި ހުންނަ ކަޅު ލައްތައް ފިލުވައި އާ ސެލްތައް އުފައްދާން އެހީތެރިވެދެއެވެ. ލުބޯ މޫނުގައި ބޭނުން ކުރާ އިރުގައި މާސްކެއް ތައްޔާރު ކުރެވިދާނެއެވެ. ނުވަތަ ހަމަ ހުސް ލުބޯކޮޅެއް އުނގުޅައި ލެވިދާނެއެވެ ކަރާއި މޫނުގައި ލުނބޯ ހުތް އުގުޅުމަށް ފަހު 10 ވަރަކަށް މިނިޓަށް ބެހެއްޓުމަށް ފަހު ފިނި ފެނުން މޫނު ދޮވެލާނީއެވެ.
މޫނު ދޮންނަ އިރުގައި ފޭސްވޮޑްއެއް ކަހަލަ އެއްޗެއް ބޭނުން ކުރުމަށް ވުރެ ހުސް ފިނި ފެންކޮޅަކުން މޫނު ދޮވެލުން ރަނގަޅެވެ. އެއަށްފަހު މޫނުގައި މޮއިސްޗަރައިޒާއެއް އުނގުޅާލާށެވެ. އާންމުކޮން މި ގޮތަށް ލުނބޯ ބޭނުންކުރުމަށް އަލި އޮމާން ހަނގަނޑެއް ހާސިލު ކުރެވިދާނެއެވެ.