Sunday, 06 October 2024
ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި 5 މީހަކު ހައްޔަރުކޮށްފި، ފޮޓޯ: ފުލުހުން

ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި 5 މީހަކު ހައްޔަރުކޮށްފި

ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި 5 މީހަކު ހައްޔަރުކޮށްފިއެވެ. މި 5 މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެތަންތަން ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފުލުހުން ވިދާޅުވީ އެތަކެތީގެ ބަރުދަނަކީ 86.26 ގްރާމްކަމަށެވެ. އޭގެ އިތުރުން 293،000 ދިވެހި ރުފިޔާއާއި، ޑޮލަރާއި، ޔޫރޯ ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި 5 މީހުންގެ އިތުރުންވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވެއެވެ. މި އޮޕަރެޝަންގައި އަންހެނަކާއި 4 ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތަފްޞީލު:

1- ހުސެއިން އީސާ ފުޅު (48އ)، ޅ. ހިންނަވަރު / އަގީދުގެ
2- އަޙްމަދު މުޙައްމަދު (36އ)، ޅ. ހިންނަވަރު / މިދިލިމާގެ
3- ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ (46އ)، ޅ. ނައިފަރު / ޑޭޒީހިޔާ
4- މުޙައްމަދު އިރުޝާދު (35އ)، ޅ. ހިންނަވަރު / ފެހިގެ
5- ފާޠިމަތު ރީމާ (44އ)، އދ. މަހިބަދޫ / ކުޅިބަލާގެ

މި 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަޙްމަދު މުޙައްމަދުގެ ބަންދަށް 7 ދުވަސް ވަނީ ޖަހާފައެވެ. އަދި ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާޠިމަތުު ރީމާ 12 ދުވަހަށް އަދި މުޙައްމަދު އިރުޝާދު 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު