Sunday, 06 October 2024

ތިބާ ހީވެސްނުކުރާފަދަ ގޮތްގޮތުން ތިބާއަށް ރިޒްޤު އަންނާނެ ގޮތެއް

ﷲ އަށް ތަޤްވާވެރިވެ އެކަލާނގެއަށް އަޅުކަންކޮށް ނަމާދު ޤާއިމު ކުރުމުން، ތިބާ ޙިސާބުވެސް ކޮށްނުލާފަދަ އަދި ތިބާ ހީވެސްނުކުރާފަދަ ގޮތްގޮތުން ތިބާއަށް ރިޒްޤު އަންނާނެތެވެ.

އިބްނު ކަޘީރު (774ހ.) ވިދާޅުވިއެވެ:

«އަދި އެކަލާނގެ ބަސްފުޅު: ﴿لَا نَسْأَلُكَ رِزْقًا نَحْنُ نَرْزُقُكَ﴾

"ރިޒްޤު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަން އިލާހު އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒްޤު ދެއްވަނީ، ތިމަންއިލާހެވެ."

[سُورَةُ طه: ١٣٢]

ޔަޢްނީ: ތިބާ ނަމާދު ޤާއިމްކޮށްފި ކަމުގައިވާނަމަ، ތިބާ ޙިސާބުވެސް ނުކުރާހާ ގޮތްގޮތަށް ތިބާއަށް ރިޒްޤު އަންނާނެ ކަމުގައެވެ. އެއީ އެކަލާނގެ ވަޙްޔު ކުރެއްވި ފަދައިންނެވެ: ﴿وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِب﴾

"އަދި ﷲ އަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެ އިލާހު އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެއެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެ އިލާހު އޭނާއަށް ރިޒްޤު ދެއްވާނެތެވެ."

[الطَّلَاقِ: ٢ – ٣]

އަދިވެސް އެކަލާނގެ ވަޙްޔު ކުރެއްވިއެވެ: ﴿وَمَا خَلَقْتُ الْجِنَّ وَالإنْسَ إِلا لِيَعْبُدُونِ * مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ * إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ﴾

"އަދި ތިމަން އިލާހަށް އަޅުކަން ކުރުމަށްޓަކައި މެނުވީ، ޖިންނީންނާއި އިންސީން ނަހައްދަވަމެވެ. އެ މީހުންގެ ކިބަޔަކުން ތިމަން އިލާހު ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. ހަމަކަށަވަރުން ﷲ އީ ރިޒްޤު ދެއްވާ، ގަދަފަދަވަންތަ ބާރުގެ ވެރި އިލާހެވެ."

[الذَّارِيَاتِ: ٥٦ – ٥٨]»

[تفسير ابن كثير: ٥/‏٣٢٧]


މިއީ، ޓެލެގްރާމް ޗެނަލް "ފައިދާ" އަށް ޕޯސްޓްކޮށްފައިވާ ލިއުމެކެވެ. މިލިއުމުގެ އަސްލު، ޓެލެގްރާމް ޗެނެލް "ފައިދާ" އިން ބަލައިލެވޭނެއެވެ. މި ލިއުން ޝާއިޢުކޮށްފައި މިވަނީ އެފަރާތުގެ އިޒުނައާއެކުގައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު