Sunday, 06 October 2024

ޗައިނާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ކާގޯ އެޖެންޓުން ހޯދަނީ

ޗައިނާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށްޓަކައި ޖެނެރަލް ކާގޯ ސޭލްސް އޭޖެންޓުން (ޖީއެސްއޭ) ހޯދުމުގެ މަސައްކަތް އައިލެންޑު އޭވިއޭޝަނުން ފަށައިފިއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން ކުންފުނިން ވިދާޅުވީ ޗައިނާއަށް ދަތުރުތައް ފެށުމަށްޓަކައި އެ ޤައުމުގައި މޯލްޑިވިއަންގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފައިވާކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓު، އީއޯއަައި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އައިލެންޑު އޭވިއޭޝަނުން ވިދާޅުވީ އެޖެންޓާއެކު ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށެވެ.

ޖީއެސްއޭގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމާއި، އެޤައުމުގެ އެކި ފަރާތްތަކާއި ގުޅިގެން ކުރެވިދާނެ މަރކެޓިންގެ މަސައްކަތްތައް ދެނެގަނެ، އެފަދަ ކަންތައްތައް ތަންފީޒުކުރުން ހިމެނެއެވެ.

ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމުގައިވާ އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް އައިލެންޑު އޭވިއޭޝަނުން ދަނީ ކުރަމުންނެވެ. އަދި އެ މަތިންދާ ބޯޓު ދަތުރުތަކުގައި ބޭނުންކުރަން ފެށުމުން ބޭރުގެ އެކި މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށިގެންދާނެ ކަަމަށް އައިލެންޑު އޭވިއޭޝަނުން ވިދާޅުވެއެވެ.

މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ޓްރިވެންޑްރަމް، ކޮޗިން އަދި ބެންގަލޫރުގެ އިތުރުން ސްރީ ލަންކާގެ ކޮލޮމްބޯއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު