18 ޖަނަވަރީ 2025

ދުޅަހެޔޮ: ރޭގަނޑުގެ ނިދި ވަރަށް މުހިންމު

އެންމެ އިހުގެ ޒަމާނުންސުރެ ފެށިގެންވެސް ދިވެހިންގެ އާދައެއް އޮވެއެވެ. އެއީ އަވަހަށް ނިދާ އަވަހަށް ހޭލުމެވެ. މި އާދައަކީ ދުޅަހެޔޮ ސިއްހަތަކަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަކަށް ވަރަށް މުހިންމު ކަމެކެވެ. މި ކަމުގެ ސަބަބުން ދުވަހީ ދިރިއުޅުމަށް ވެސް އަދި ނަފްސާނީ ގޮތުންވެސް ގިނަ ފައިދާ ތަކެއްކުރެއެވެ.

ޒަމާނަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ އެކުގައި ދިރިއުޅުމުގެ ވައްޓަފާޅިގެ ގިނަ ކަންތައްތަކެއް ވެސް އަންނަނީ ބަދަލުވަމުންނެވެ. އެގޮތުން އަވަހަށް ނިދާ އަވަހަށް ހޭލާ އާދަ މަޑުމަޑުން ނެތެމުން އަންނަ ކަމީ ހިތާމަ ހުރި ކަމެކެވެ. އަދި މިއީ ވަރަށް ބޮޑަށް ރަނގަޅު ވެސް ކޮށްލަން ޖެހިފައިވާ ކަމެކެވެ.

ރޭގަނޑުގެ ނިންޖަކީ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެންމެ މުހިއްމު އެކައްޗެވެ. ކޮންމެހެން މުހިއްމު ކަމެއްގައި މެނުވީ ރޭގަނޑުގެ މާ ދަންވަންދެން ހެލާ އުޅުން ރަގަނޅެއް ނޫނެވެ. ނިދުމަށް ވަކި ގަޑިއެއް ކަނޑައަޅާ އެވަގުތަށް ނިދުމާއި ހޭލުމަށް އާދަކުރާށެވެ. އެހެނީ މިކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި 8 ގަޑިއިރުގެ ނިދުމަކީ އެންމެ އެކަށީގެންވާ މިންވަރެވެ.

އަވަހަށް ހޭލުމުގެ ފައިދާއަށް ބަލާއިރު، ދުވަހީ ދިރިއުޅުން ރާވާލުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެއެވެ. އަދި ދުޅަހެޔޮ ދުވަހެއް ބިނާކުރުމަށް ފަތިސްނަމާދުން ފެށުން ވަރަށް މުހިންމެވެ. އަވަހަށް ހޭލަން އާދަކުރުމުން ކަސްރަތު ކުރުމާއި އެދުވަހެއްގެ ތާވަލުގައި ހުރި މަސައްކަތް ނިންމާލުމަށް ފަހު ގިނަ ވަގުތުތަކެއް ބޭނުންވާ އެހެން ކަންކަމަށް ހުސް ކުރެވިގެންދެއެވެ.

އަަވަހަށް ނިދުމުން އަރާމު ނިންޖެއް ލިބުމުގެ އިތުރުން ކުދި ބަލިތަކުން ރައްކާތެރިވެއެވެ. އަދި ނަފްސާނީ ގޮތުން ދިމާވާ ކަންތައްތަކުން ދުރުހެލިވެ ޕޮޒިޓިވް ވިސްނުން އަންނާނެ ކަމަށް މާހިރުން ވިދާޅުވެއެވެ. ހަމަ މިފަދައިން އެބޭފުޅުން ވިދާޅުވާ ގޮތުގައި އަވަހަށް ހޭލުމުގެ އާދަ އަށަގަނެފައިވާނަމަ ރަނގަޅު އެތައް އާދައެއް އަށަގަނެއެވެ. އެގޮތުން ވަގުތަށް ހުރުމަތެރިކޮން ހިތުމާއި ދުޅަހެޔޮކަން މަތީ ދިރިއުޅުމުގެ ކަންކަން ރާވާލުމަށް ފުރުސަތު ލިބިގެންދެއެވެ. މީގެ އިތުރުން އަވަހަށް ހޭލުމަކީ ދުޅަހެޔޮ އުފާވެރި ދުވަހަކަށް ފެށުމަށް އެހީވެދޭ ކަމެކެވެ.

އަވަހަށް ހޭލަން އަދާ ކުރުމުން ވަގުތު ނެތް ކަމަށް ބުނެ ނުކުރެވިފައި ހުންނަ ކަންކަމަށް ނިމުން އާދެއެވެ. އަދި ގިނަ "ކޮލެޓީ" ވަގުތުތަކެއް ލިބިގެންދެއެވެ. މި އާދަ ނެތް ކަމުގައި ވަނީނަމަ ހިތްވަރެއް ކޮށްލައިގެން މި އާދަ އަށަގެންނުވުމަށް މަސައްކަތް ފަށާށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު