16 ޖަނަވަރީ 2025

ޖުނައިދާއި ހުޝީގެ ފިލްމު ފެބްރުއަރީ 7 ގައި

ބޮލީވުޑްގެ ޕާފެކްޝަނިސްޓް ގެ ގޮތުގައި މަޝްހޫރު އާމިރު ހާން ގެ ފިރިހެން ދަރިފުޅު ޖުނައިދު ހާން އާއި ބޮލީވުޑްގެ އެފަދަ ދެވަނައެއް ނެއް ބަތަލާ ޝްރީދޭވީ ގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް އެކީގައި ފެނިގެންދާ އަލަތު ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފިއެވެ.

ފޭންޓަމް ސްޓޫޑިއޯސް އާއި އޭޖީއެސް އެންޓަޓައިންމަންޓް ގުޅިގެން ހަދާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ޒީ ސްޓޫޑިއޯސްއާ ގުޅިގެންނެވެ. ނަން އަދި ހާމަނުކުރާ މި ލޯބީގެ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 7 އަށެވެ.

މި ދެ ޒުވާނުން އެކުގައި ފެނިގެންދާ މި ފިލްމަކީ 2022 ގެ ކާމިޔާބު ތަމަޅަ ފިލްމު "ލަވް ޓުޑޭ" ގެ ހިންދީ ރިމޭކެވެ. މީގެ ޑައިރެކްޓަރަކީ ޖުނައިދުގެ ބައްޕަ އާމިރުގެ އެންމެ ފަހުން ކުޅުނު ފިލްމު 2022 ގެ "ލާލް ސިންގް ޗައްޑާ" ޑައިރެކްޓްކުރި އަދުވައިތު ޗަންދަނެވެ.

 

View this post on Instagram

 

A post shared by Srishti (@srishtibehlarya)

ޖުނައިދު ކުޅުނު ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދިން "މަހާރާޖް" އެވެ. އެފިލްމް ގެނެސްދިނީ ނެޓްފްލިކްސްއިންނެވެ. ހުޝީ ގެ ފުރަތަމަ ފިލްމް އަކީ ނެޓްފްލިކްސް އިން ޑައިރެކްޓަރު ޒޯޔާ އަހަތްރު ގެނެސްދިން ފިލްމް "ދި އާޗީސް" އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު