މާފުށީ ޖަލުގައި ލާއިންސާނީ އަނިޔާކޮށް ރަހުމް ކުޑަކޮށް އީވާން ނަސީމް މަރާލި ހާދިސާއިން އިބުރަތް ހާސިލު ކުރަންޖެހޭކަމަށާއި، މިއީ ބިރު ފަހަނައަޅައި ނުކުމެ ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ނިންމަން ދިވެހިން ހިތްވަރު ހޯދި ދުވަސްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެތައް ބަޔެއްގެ ލެޔާއި ދާ އޮހޮރުވައިގެން އަނިޔާގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތަކީ މިއަދު މި ދެކޭ މިނިވަންކަމާއި އަސާސީ ހައްގުތަކުގެ ކަށަވަރުވުމުގެ އަސްލު ކަމަށާއި، އަދި ސެޕްޓެމްބަރު 2003 ގައި ހިނގައިދިޔަ ހާދިސާތަކަކީ އަދުގެ ޒުވާނުން ތާރީހު ދިރާސާކޮށް އިބުރަތް ހާސިލުކުރަން ޖެހޭ ހާދިސާތަކެއްކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މި މައްސަލައަށް 9 އަހަރު ފުރުން ފާހަގަކޮށް އެމްޑީޕީން ނެރުއްވި ބަޔާނުގައި ވަނީ މާފުށީ ޖަލުގައި، އިންސާނީ ކަރާމަތަށް ކުޑަވެސް ބެލުމެއް ނެތި ސިފައިންގެ އަނިޔާވެރިކަމާއެކު، މަރާލި އިވާން ނަސީމްގެ މަރުގެ މި އަމަލު އެމްޑީޕީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަން ފާހަގަކުރައްވާފައެވެ.
މިކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުމުރުން އެންމެ 19 އަހަރުގެ ޒުވާނެއް ކަމަށްވާ މ. އޭޝިޔާ އީވާން ނަސީމް މަރާލައި، އެކަމާ ދެކޮޅަށް އިޖުތިޖާޖުކުރި ގައިދީންގެ ތެރެއަށް ވަޔަށް، ޖައްވަށް ފަޒާއަށް ޖެހި އުންޑަތަކުން އެތައް ގައިދީންނެއް މަރުވެ، އެތައް ބަޔަކަށް ބޮޑެތި ލާ އިންސާނީ އަނިޔާދީފައިވާ ކަޅު ދުވަހަށް 9 އަހަރު ފުރުން ނުހަނު ހިތާމައާއެކު ފާހަގަކުރާ ކަމަށާއި، މި އަނިޔާވެރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މީގެ 21 އަހަރުން ކުރިން މާފުށީ ޖަލުގައި އީވާން ނަސީމް މަރުވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ބޮޑެތި ބަދަލުތަކެއް އައެވެ.
މާފުށީ ޖަލުގައި ލާއިންސާނީ އަނިޔާކޮށް ރަހުމް ކުޑަކޮށް އީވާން ނަސީމް މަރާލިތާ 21 އަހަރު ފުރިގެންދާއިރު އެ ހިތާމަވެރި ހާދިސާގެ ހަނދާން އާކުރަން. މިއީ ބިރު ފަހަނައަޅައި ނުކުމެ ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ނިންމަން ދިވެހިން ހިތްވަރު ހޯދި ދުވަސް. އެތައް ބަޔެއްގެ ލެޔާއި ދާ…
— Fayyaz Ismail (@faya_i) September 19, 2024
ކިޔުންތެރިންގެ ޚިޔާލުތައް:
ކަލޭމެންގެ ވެރިކަމުގަ ކިތައްމީހުންމަރާލިބާ؟ ކަލޭމެންގެވެރިކަން ހުދުމުހުތާރު ވެރިކަމަކަށްނުވޭތަ؟