16 ޖަނަވަރީ 2025
ގއ. ވިލިނގިލީގައި އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުން / ފޮޓޯ:ދަހިލީ ސަލާމަތާއި ފައްނިއްޔަތާއި ބެހޭ ވުޒާރާ

ފުރަތަމަ ފަހަރަށް މާލެ ފިޔަވައި އެހެން ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފަހަރަށް އަތޮޅުތެރޭގެ ރަށެއްގައި ފަށައިފިއެވެ. މި ޚިދުމަތް ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.

ގއ. އަތޮޅު ކައުންސިލާއެކު އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމަށްޓަކައި، ޑީއެންއާރުން ވަނީ މިދިޔަ ޖުލައި މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ވިދާޅުވީ، މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދޭންފެށި ފުރަތަމަ ފަހަރުކަމަށެވެ.

މީގެ ކުރިން މި ޚިދުމަތް ދެނީ ހަމައެކަނި މާލޭގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީހުގައެވެ.

ގއ. ވިލިނގިލީގައި މި ޚިދުމަތް ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޑީއެންއާރު ހިންގެވުމާއި ހަވާލުވެ ހުންނެވި އެ ވުޒާރާގެ ނައިބް އަޙްމަދު ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު