16 ޖަނަވަރީ 2025

"ވޯ 2″ ގެ ޝޫޓިން އަކަށް ރިތިކް އާއި ކިއާރާ އިޓަލީއަށް ދަނީ

2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ވޯ″ ގެ ދެވަނަ ބައި "ވޯ 2″  ގެ ލަވައެއްގެ ޝޫޓީން އަށް ރިތިކް ރޯޝަން އާއި ކިއާރާ އަދުވާނީ އިޓަލީއަށް ފުރަން ހަމަޖެހިއްޖެއެވެ.

އެގޮތުން މި މަހުގެ 18 ގައި ފަށާ އިޓަލީގެ ޝޫޓިން ޝެޑިއުލް 15 ދުވަހަށް ދެމިގެން ދާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އަދި އެމީހުން އިޓަލީއަށް ދަނީ ލަވައެއްގެ ޝޫޓިންގ އަށް ކަމަށް ވެސް ނޫސްތަކުން ބުނެއެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖްސް ފިލްމްސް (ވައިއާރްއެފް) އިން ހަދާ މި ފިލްމު ރިލީޒްކުރަން ޕްލޭންކޮށްފައި ވަނީ 2025 ގެ ޖެނުއަރީ މަހުގެ ފަހުކޮޅަށެވެ. "ވޯ 2″ އަކީ އެ ސްޓޫޑިއޯ އިން ރިތިކާއި ޓައިގާ ޝްރޮފާއި ވާނީ ކަޕޫރާ އެކީ ގެނެސްދިން 2019 ގެ "ވޯ" ގެ ސީކްއެލް އެވެ.

 

View this post on Instagram

 

A post shared by Jr NTR (@jrntr)

ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން އާއި ދެކުނު އިންޑިއާ ސިނަމާގެ ތަރި، އެންޓީ އާރް ޖޫނިއާ ލީޑު ރޯލު ކުޅޭ "ވޯ 2″ އަކީ 2019 ވަނަ އަހަރު ނުކުތް އެ ފިލްމުގެ ފުރަތަމަ ބައިގެ ސީކުއެލްއެކެވެ. "ވޯ 2″ އަކީ އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. މިފިލްމު ޑައިރެކްޓުކުރަނީ  "ބްރަހަމާސްތުރީ"ގެ ޑައިރެކްޓަރު އަޔަން މުކަރުޖީއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު