16 ޖަނަވަރީ 2025
A sports mother is engaged with the child in fitness and yoga at home. The concept of sports, motherhood and an active lifestyle. Young woman in sports training with her child.

ދަރިފުޅު ގޮވައިގެން ވެސް ކަސްރަތު ކުރެވޭނެ

ކުޑަ ދަރިފުޅަކު ބެލުމުގައި މަންމައިން ކުރާ މަސައްކަތަކީ ސާބަސް ހައްގު ކަމެކެވެ. އެކަމުންވެސް މަންމައިގެ ހިތްވަރު ގަދަކަން އެނގިގެންދެއެވެ. އެހެން ކަމުން ދަރިއަކު ލިބުމަކީ ކަސްތަރު ނުުކުރުމަށް އޮތް ބަހަނާއެއް ނޫނެވެ.

ކަސްރަތަކީ ކޮންމެހެން ތަނަކަށް ގޮސްގެން ކުރަން އޮންނަ ކަމެއް ނޫންނެވެ. މިއީ ވަރަށް ފަސޭހަ ކަމެކެވެ. ގޭގައިވެސް ވަރަށް ފަސޭހަ ކަމާއި އެކުގައި ކަސްރަތު ކުރެވިދާނެއެވެ. މި ކަމަށް ބޭނުން ވަނީ ކުޑަ ވަގުތު ކޮޅަކާއި ކުޑަ ހިތްވަރެކެވެ. ކަސްރަތު ކުރުމަކީ ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި ހިމަނަށްޖެހޭ މުހިންމު ކަމެކެވެ. އެއީ ތިބާގެ ސިއްހަތާއި ގުޅިފައިވާ މުހިންމު ކަމެކެވެ.

ކުދިން ހޭލުމުގެ ކުރިން ހޭލަން އާދަކުރުން

ދަރިން ބެލުމަށް ގޭގައި ތިބޭ މައިންނަކީ ގިނަ ޒިންމާތަކެއް ބޮލުގައި އެޅިފައިވާ މަންމައިންނެވެ. ކުދިން ހޭލުމަށްފަހު ތަނެއްގައި އިށިނދެލާނެ ވަގުތު ކޮޅެއްވެސް ނުވެގެން އުޅެން ޖޭހޭ މަންމައިން ކަސްރަތު ކުރުމަށް އެންމެ ރަނގަޅީ ހެނދުނު ހެނދުނާއެވެ. އެގޮތުން ކުދިން ހޭލުމުގެ ގަޑިއެއްހާއިރު ކުރިން ހޭލާށެވެ. އަދި ކަސްރަތުކުރުމަށް އެ ގަޑިއިރުގެ ތެރެއިން ބައިގަޑިއިރު ހުސްކޮށްލާށެވެ. ކޮންމެ ދުވަހެއްގެ ދިރިއުޅުމުން ބައިގަޑިއިރަކީ އެކަށިގެންވާ ވަގުތެކެވެ.

ކުދިންވެސް ކަސްރަތުގައި ބައިވެރިކުރުން

ކަސްރަތު ކުރެވޭ އަދި ތިބާއާއި އެކު ކަސްރަތު ކުރެވޭ ވަރަށް ބޮޑުވެފައި ކުދިން ތިބި މަންމައެއް ނަމަ އެކުދިންނާއި އެކުގައި ކަސްތަރު ކުރާށެވެ. އެއަށް ވުރެ ތުއްތު ކުދިންނަމަ ސްޓްރޯލާ އަށް ލައިގެން ކަސްރަތަށް ނުކުންނާށެވެ. ކަސްރަތު ކުރުމުގައި އެކުދިން ބައިވެރި ކުރުމުން މަންމަ އާއި ދަރިފުޅާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެ އެކުގައި ވަގުތު ވެސް ހޭދަ ކުރެވޭނެވެއެވެ.

 ގޭގެ ތަންކޮޅެއް ކަސްރަތު ކުރުމަށް ހުސްކޮށްލުން

ގޭގެ ކޮންމެސް ކަނެއް ނަމަވެސް ކަސްރަތު ކުރުމަށް ހުސްކޮށް ބަހައްޓާށެވެ. އޭރުން ކަސްރަތު ކުރުމަށް އިތުރު ހިތްވަރަކަށް ވެގެން ދެއެވެ. ކަސްތަރު ކުރުމަށް ހުސްކުރާ ތަނުގައި ޔޯގާ މެޓާއި ކަސްތަރު ކުރުމަށް ބޭނުންވާ އެހެންވެސް ސާމާނު ބަހައްޓާށެވެ. ކަސްރަތު ކުރަން ފަށަން އަދި މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އުނދަގޫ ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނޫންނަމަ ޖިމަކަށް ގޮސްގެން ނޫނީ ކަސްރަތު ނުކުރެވެއޭ ބުނާ މީހުންވެސް އުޅެއެވެ. އެކަމަކު އެއީ ރަނގަޅު ވާހަކައެއް ނޫނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު