16 ޖަނަވަރީ 2025
ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ހުޅުލެ-ހުޅުމާލެ ހަލިމަގުގައި އިތުރު މަގުބައްތިތައް ހަރުކުރުން، ފޮޓޯ: އެޗްޑީސީ

އެޗްޑީސީން، ހުޅުލެ-ހުޅުމާލެ ހަލިމަގު ގަދައަށް ދިއްދާލައިފި

ބުރިޖު ހައިވޭއިން ހުޅުމާލެއަށް އަރާ ސަރަހައްދުގައި އެޗްޑީސީން މަގުބައްތި ހަރުކޮށް ދިއްލާލައިފިއެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް ކަނު އަނދިރީގައި އޮތް ހައިވޭއިން ހުޅުމާލެއަށް އެރުމަށް ލަނބާލާ ސަރަހައްދުގައި އެޗްޑީސީން މަގުބައްތި ހަރުކޮށް ނިންމާލާފައިވަނީ އިއްޔެއެވެ.

މިފަހަކަށް އައިސް އެކްސިޑެންޓްތައް އިތުރުވެފައިވާއިރު، މިކަން ހުއްޓުވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި އެޗްޑީސީން ގެންދަނީ ހުޅުމާލޭގެ މަގުތައް ރައްކާތެރި މަގުތަކަކަށް ހެދުމަށްޓަކައި އެމަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ވެހިކަލްތަކަށް ފަސޭހައަށް ބޯޑުތައް ބެހެއްޓުމާއި މަގުތަކުގައި ލައިތައް ކުރެހުމާއި ލަނބާލާ ކަންކަން މަތީ ބުރުތައް ހެދުންފަދަ ކަންކަން ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު