މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ކްރޭނެއް ހަދިޔާކޮށްފިއެވެ.
އިހަވަންދޫ ބަނދަރު ސަރަހައްދުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލަށް ކްރޭން ރަސްމީކޮށް ހަވާލުކޮށްދެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.
އެމް.ޕީ.އެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ "KOBELCO" ބްރޭންޑްގެ 25 ޓަނުގެ ކްރޭނެކެވެ. މިއީ އިހަވަންދޫ ކައުންސިލްގެ އެދުމަކަށް އެމް.ޕީ.އެލްއިން އެ ކައުންސިލަށް ހަދިޔާކުރި ކްރޭނެެއް ކަމަަށް އެމްޕީއެލް އިން ވިދާޅުވިއެވެ.